ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ ފިހާރެއް މާދަމާ ހުޅުވާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މި ފިހާރަ ހުންނާނީ ހުޅުމާލޭގައި ކުރިން އެސްޓީއޯ މާޓް ހިންގި ތަނުގައެވެ.

@stomaldives

What if you could enjoy the best things about shopping, without any difficulty? Shopping made simpler. #smartSTOre

♬ original sound - State Trading Organization Plc

އެސްޓީއޯއިން އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ ފިހާރަ މާދަމާ ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެ ފިހާރައިގައި ކޭޝިއަރެއް އަދި ސޭލްސްމަނެއް ނުހުންނާނެއެވެ.

ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އެސްޓީއޯ ފިހާރަ - ފޮޓޯ: އެސްޓީއޯ

ނަމަވެސް ކަސްޓަމަރުންނަށް އެހީވުމަށް އެޓެންޑެންޓެއް ހުންނާނެ ކަމަށާއި ފިހާރައިގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވޮޗަރުން ވެސް ތިބޭނެއެވެ.

އެސްޓީއޯއިން މީގެ ކުރިން މައުލޫމާތުދިންގޮތުގައި އެ ފިހާރައިން އެސްޓީއޯގެ ހުރިހާ ފިހާރަތަކުން ލިބޭ ސާމާނު ލިބޭނެއެވެ. އަދި އެތަނަށް ވަދެފައި ބޭނުން އެއްޗެއް ނެގުމަށްފަހުގައި ކަސްޓަމަރުންނަށް ހިފައިގެން ދެވޭއިރު، އެއްވެސް ޗެކްއައުޓް ޕްރޮސެސްއެއް ނޯންނާނެއެވެ.

ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އެސްޓީއޯ ފިހާރަ - ފޮޓޯ: އެސްޓީއޯ

އެގޮތުން ފިހާރައަށް ކަސްޓަމަރުންނަށް ވަދެވޭނީ ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުންނެވެ. އެއްޗިހި ނަގައިގެން ފިހާރައިން ނުކުތުމުން ކާނޑުން އެއަށް އަރާ އަދަދު ކެނޑޭނެއެވެ. އެގޮތަށް ކެނޑެނީ ޓޯކަނައިޒޭޝަން ކިޔާ ފީޗާ އެއް ބޭނުންކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޅޮލް

    ދެން ކާޑުގަ ލާރިނެތިއްޔާ އާސަންދަ އިންތަ ކަނޑަނީ

    35
    2
    • ކަބަޑު

      މިހާރު އާސަންދައިގައި ހުރި ލާރިކޮޅު ހުސްވެއްޖެ ކުރިންދުވަހަކު ޑޮކްޓަރަށް ދައްކަން ދިޔާމަ މިއިގުނީ ހުސްވެފަކަން އެކަމަކު ހުސްނުވާއާސަންދަޔޯ

      14
      4
  2. މާރަދަޅު

    މިއުޅެނީ އަތާއަގަޔާ ދިމާނުވެގެން ކިތަންމެވަރަކަ މޮޅުވާން އުޅުނަސް މޮޅެއެއްނުވާނެ...

    24
    1
  3. ހުސޭނުބޭ

    މަ ބަލާލަން ބޭނުންވަނީ މިއުޅޭ ފިހާރަތަކުން ވައްކަންކުރާ މީހުން ތިތަނުގައި ތެޅޭ ވައްތަރު!

  4. މުތޮލިބު

    ތިކަމެކީ ބަޔަކައް ވަޒީފާ ދޭންޖެހޭތީ ކަންބޮޑުވެގެން
    ތިއައްވުރެ މާމޮޅުވާނެ ބޮޑުމުސާރަދީފާ ކީއްކުރައް މިނިސްޓަރުން އޮފީސްތައްކާ ކީއްކުރާބައެއް ބޭކާރު އަމުދުން ޓުރާސްޕޯޓް ހުރިހާކަމެއް އޮންނައިނުން އެހެންވެ ސަރުކާރު އޮފީހަކައްވެސް ތަންފޮޅާމީހާ ފިޔަވައި ދެންތިބޭބީ ބޭކާރުމީހުން

  5. މުތޮލިބު

    ސަރުކާރު އޮފީސްތަގުގާ އުޅޭ މިނިސްޓަރުންނާ މޮއަޒިފުން ބޭކާރު ހުރިހާކަމެއް އޮންނައިނުކޮއް
    ތިމުސާދީފާ ބަހައްޓަން ބޭނުންވާބަޔަކީ ތަންފޮޅާ ސާފުކުރާމީހުން އެކަނި ދެންތިބޭނީ ބޭކާރު މީހުން

  6. Anonymous

    މިހާރު އާސަނދަ ނުލިބޭ އިންސުރަނސްއިން ކަންކަން ކުރަންޖެހެނީ.