ކުރިން ވެރިކަމުގެ ދައުރެއްގައި ނިމެނީ 20 އަކަށް ބަނދަރުގެ މަސައްކަތް ކަމަށާއި ނަމަވެސް މި ހިނގާ ދައުރުގައި 50 ބަނދަރުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ ވަގުތު ޓީވީން ގެނެސްދިން "ތަފުސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ގައުމަކަށް ވާތީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ އެމްޓީސީސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.

އެގޮތުން އުމްރާނީ ތަރައްގީގެ އިތުރު މަސައްކަތްތަކެއް ރާއްޖޭގައި އޮންނާނެތީ އެމްޓީސީސީ ވަރުގަދަ ކުރެވިއްޖެނަމަ ބޭރު މީހުން ކުރި އެތައް މަސައްކަތެއް ގައުމުގައި ހިފެހެއްޓޭނެކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

އަދި އޭގެ ސަބަބުން އެތައް ބައިވަރު ބޭރު ފައިސާއެއް ހިފެހެއްޓޭނެކަން ފާހަގަ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައީސްގެ ސްޓެރެޓެޖީގެ ތެރެއިން އިތުބާރު އުފައްދައި މަސައްކަތަކަށް ފަހު މަސައްކަތެއް އަންނަން ފެށި ކަމަށެވެ.

ކުރިން ބޭރުގެ ކުންފުނިތަކުން ބަނދަރު ހަދަމުން ދިޔަ ނަމަވެސް މިއަދު ބޭރު ކުންފުނިތަކުން ހަދަމުންދަނީ ފަސް ވަރަކަށް ބަނދަރުކަމަށް އޭނާ ވިދާޅުވިއެވެ.

"އާންމުކޮށް ދައުރެއްގައި ނިންމާލަނީ 20 އަކަށް ބަނދަރު. އެކަމަކު އަޅުގަނޑުމެން 50 އަކަށް ބަނދަރު ނިންމާލައިފިން. 50 ބަނދަރުގެ މަސައްކަތް އަދި މިހާރު ކުރަމުން ދަނީ.". އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން އެމްޓީސީސީގެ ކެޕޭސިޓީއާއީ އިކުއިޕްމަންޓް އިތުރުކޮށް މުވައްޒަފުންގެ ހުނަރު އިތުރު ނުކުރި ނަމަ 200 ވަރަކަށް މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވާނެ ކަމަށެވެ. އަދި ރައީސްގެ ވިސްނުން ފަުޅަކީ ވެސް ކުންފުނި ވަރުގަދަކޮށް ރާއްޖެއިން ބޭރުވާ ފައިސާ ހިފެހެއްޓުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"މި އޮތް ހުރިހާ ސަރުކާރުތަކުން ވެސް އެމްޓީސީސީ އޮތް ވަރުގަ ބާއްވާލައިފައި އޮތީ. އަހަރަކު ގާތް ގަނޑަކަށް 700 މިލިއަން ރުފިޔާގެ ވިޔަފާރި މި ކުރެވެނީ، އެމްޓީސީސީއަށް ޕްރޮޖެކްޓްސް މި ހެންގެނީ. މިހާރު އަޅުގަނޑުމެންނަށް 3.4 ބިލިއަން ރުފިޔާގެ ވިޔަފާރި މި ދިޔަ އަހަރުވެސް ކުރިން. ގާތް ގަނޑަކަށް ދެ ގުނަ ތިން ގުނަ ކެޕޭސިޓީ މި އިތުރުވެގެން މި ދިޔައީ.". އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖ

    ދޮގުހެދުމުގެ ބަދަލުގއި ކަލޭމެން ތެދުބަހުން ވާހަކަ ދައްކަން ވެއްޖެއެއްނޫން

    11
  2. އހ

    ތިގޮތައް ބަޔަކަށް އަޅުވެތި ކޮއްގެން ދަރުވާލައިގެން 100 ބަދަރު ވެސް ހެދިދާނެ

    11
  3. ހުސޭނުބޭ

    އެ 50 ބަނދަރުގެ ތެރެއިން 30 ބަނދަރު އެއީ ކުރީ ދައުރުގައި ފަށައި ނިމެން ކައިރިވެފައިވާ ބަނދަރު! ވީމާ އެވަނީ 20. އޭގެތެރެއިންވެސް ގިނަ ބަދަރު ހެދީ ނަމަކަށް. މިސާލަކަށް ދިއްދޫ ބަނދަރު!

    14
  4. މޕ

    މިމީސް މީހުނައް ލާރި ލިބުނީމަ ނިމުނީ ދެން ހެޔޮ އަމިއްލަ ގައުމުގެ ދުވަސް ދިޔަޔަސް.
    މިމީހުން ފޮނުވަންވީ އިންޑިޔާގެ ކޮންމެވެސް ސްޓޭޓެއްގެ ވަޒީފާޔަކަށް

    10
  5. ރާފިޔު

    50 އަހަރުތަ ކަލޭމެންނަށް ދޭންވި؟.ޔާނު 5 އަހަރުގަ ހޯދާފަ އޮތް މާހާ ޖައްރާފުން މިހާރުވެސް ތި ބޭނުންކުރަނި.

  6. އަޖައިބެއް

    ކުރިން ހަދަނީ ބަބދަރު ނެތް ރަށްރަށުގައި އަލަށް ހަދާބަނދަރު. މިހާރު ތަންކޮޅުކޮޅު މަރާމާތުކުރަނީ ބަނދަރުތަރައްގީއޭކިޔާފަ.

  7. ހަސަން ފޭދޫ

    މީނާގެ ބޭބެވެސް ގަބޫލެއް ނުކުރޭމީނާ މިދައްކާ ވާހަކައެއް. ދެންކާކު ގަބޫލު ކުރާނީ.

  8. ބަނދަރު

    ދޮގު ހެދުމުން އެއްވަނަ އަދިވެސް މިރަށު ބަނދަރު ނުނިމޭ ޗޯރޭ

  9. ޢަލީ

    ކުރިން ތިހާބޮޑު ދަރަންޏެއް ނޯވޭ.

  10. ދަވާލާ

    އާޒިމޫ ކަލޭ ހޭދެބައިވީތޯ ، ނަސީދުގެ ވެރިކަން ނިމުނުއިރު އެމްޓީސީސީ އޮތީ ބަނގުރޫޓް ކޮށްލާފައި ، އެތާގައި ނެތް މޮހޮރެއްޖަހާލާނެ މަރުތެޔޮ ގަޑެއްނެތް ، ރައީސް ޔާމީނު ވެރިކަމަށް އައިސް އެމްޓީސީސީ ކޮޅަށްޖަހާލީ ހެވީ ވެހިކަލްތަކާ އިންސާނީ ވަސީލަތްތައް މަހާޖައްރާފު ގެނެސް ސަރުކާރުން ހިންގަށްޖެހޭ ޕުރޮޖެކްޓު ތަށް ހިންގޭނެ ވަރު ތަނަކަށް އެތަށްހެދީ މިއަދު ކަލޭ ތިޔަ އަނގަ ފޭކުރަނީ ، މިކޮމެންޓް ޖަހާލަން ކެރޭނެބާ