ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަަރީ ބޯނަސްގެ ގޮތުގައި މި އަހަރުވެސް 25،000 ރުފިޔާ ދިނުމަށް ނިންމައިފިއެވެ.
އެމްއޭސީއެލްއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ކުންފުނީގެ މުވައްޒަފުންނަށް 25,000 ރުފިޔާ ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ބޯނަސް ލިބޭނީ މިިދިޔަ އަހަރު އެއްކޮށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށް ވެސް ސާކިއުލާގައިވެއެވެ.
ސާކިއުލާގައި ބުނެފައިވަނީ މިދިޔަ އަހަރު ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭނީ ވަޒީފާގައި އުޅުނު ދުވަސްތަކަށް ވާވަރަށް ކަމަށެވެ.
ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަސް ނުލިބޭނެ ކަމަށް ވެސް ސާކިއުލާގައި ވެއެވެ.
އަދި މިދިޔަ އަހަރުގެ ބޯނަސް ފައިސާ މި މަހުގެ 12ގެ ކުރިން މުވައްޒަފުންގެ އެކައުންޓަށް ޖަމާވާނެ ކަމަށް އެ ސާކިއުލާގައި ވެއެވެ.
މިދިޔަ އަހަރުވެސް އެމްއޭސީއެލްއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދީފައެވެ.
ސޯލިބޭމެން ތި ތަން ޖީއެމްއާރަށް ވިއްކާލާފައި އޮތްނަމަ މިއަދު ތި ބޯނަހެއް ނުލިބުނީސް.
ސަޅި
އެކަމަކު ބުނާނެ ފައިދާއެއް ނުވެއޭ
އާ އެމްއޭސީއެލް އަށް އެކަނިމިގައުމުގަ ބޯނަސްދެނީ
ސިވިލި ސާވަންޓުން މިތިބީ ރައުފިއްޔާ އެބުނާ އެއްާޗާއެް އެރިފައެއްނު