އަލަށް ތައާރަފުކުރި އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފިއެވެ.

މި އެންމެ ފަހުގެ އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް ޕްރީއޯޑަރ ކުރުމަށް ދިރާގުން މިދަޔަ ހުކުރު ދުވަހުގައި ހުޅުވާލުމާއިއެކު ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކް ހުސްވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ކަސްޓަމަރުންގެ މި ހޫނު ތަރުހީބާއިއެކު އައު ސްޓޮކް ލިބުމުން އައިފޯން ދިރާގުން ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ޒަމާނީ އައު ފީޗާރސް ތަކަކާއިއެކު ނެރެފައިވާ މި އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއިއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުންވެސް ގަނެވޭނެއެވެ. އަދި މި އައު އައިފޯނު ދިރާގު މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް، މަހަކު 10ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު