ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވިއްކާ ކްރިސްޕީ ޗިކަން ވިންސްގެ އަގު ހެޔޮކޮށްފިއެވެ.

ކުކުޅު ފިހާރަކީ މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންމެ ހިނގާ ކުންފުންޏެކެވެ.

އެ ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖާރ މާޝިޠާ އާދަމް ވިދާޅުވީ، ކުރިން 1،150ރ އަށް ވިއްކި 450ގ ގެ 22 ޕެކެޓް ހިމެނޭ ކްރިސްޕީ ޗިކަން ވިންގްސްގެ ކޭސްގެ އަގު މިހާރު ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ކްރިސްޕީ ޗިކަން ވިންގްސްގެ ކޭހެއް 1،050ރ. އަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދި ފަހުން އެ ކުންފުނިން ވަނީ ބޯންލެސް ޗިކަން ކޭހުގެ އަގާއި ސްޕައިސީ ޗިކަން ސްޓްރިޕްގެ އަގު ހެޔޮކޮށްފައެެވެ.

ކުކުޅު ފިހާރަ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ރަހަ މީރު ޖީބަށް ލުއި ތާޒާ ތަފާތު އެއްޗެހި ފޯރުކޮށް ދިނުމެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރައިން ވިއްކާ ކުކުޅުގެ އަގު ވެސް މިފަހަކުން ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޚުކުލު