ރާއްޖޭގައި ފުޅާދާއިރާގައި ހޯލްސޭލް އަދި ރީޓެއިލް ވިޔާފަރި ކުރަމުން އަންނަ ވިލާ ޓްރޭޑިންގގެ ވިލާމާޓްގެ ފަސް ވަަނަ ފިހާރަ މާލޭގެ ކާސިންޖީ މަގުގައި ހުޅުވައިފިއެވެ.

ވިލާ މާޓް މިއީ ވިލާ ޓްރޭޑިންގގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެވެ. ވިލާ މާޓްގެ ފިހާރަަތައް މިހާރު މާލެ ސަރަހައްދުގައި ވަރަށް ހިނގައެވެ. މިގޮތުން އެ ކުންފުނީގެ ހަތަރު ފިހާރައެއް މާލޭގައި ހިންގަމުންދާއިރު، ހުޅުމާލެ ފޭސް ދޭއްގައިވެސް ބޮޑު ފިހާރައެއް ހިންގަމުން ދެއެވެ.

ވިލާމާޓްގެ ފަސް ވަނަ ފިހާރަ ކާސިންޖީ މަގުގައި - ފޮޓޯ: ވިލާ ޓްރޭޑިންގ

ޖެނެރަލް ޓްރޭޑިންގ އަށް ހާއްސަކޮށް މި ކުންފުނި އުފެދުނީ 13 ޖެނުއަރީ 2021 ގައެވެ.

ވިލާމާޓްގެ ފަސް ވަނަ ފިހާރަ ކާސިންޖީ މަގުގައި - ފޮޓޯ: ވިލާ ޓްރޭޑިންގ

ވިލާމާޓް އިން އަލަށް ހުޅުވި މި ފިހާރައިން އެ ކުންފުނީގެ މައިގަނޑު ވިޔަފާރީގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްތައް ހެޔޮ އަގެއްގައި ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި ކޮސްމެޓިކްސް އާއި އެހެނިހެން ހައުސް ހޯލްޑް އައިޓަމްތައް ހިމެނެއެވެ. ކޮލިޓީ ރަނގަޅު ކާނާ އާއި ބުއިންތައްވެސް ހިމެނެއެވެ.

ވިލާމާޓްގެ ފަސް ވަނަ ފިހާރަ ކާސިންޖީ މަގުގައި - ފޮޓޯ: ވިލާ ޓްރޭޑިންގ

ވިލާ މާޓްގެ އަމާޒަކީ މި ޕްރޮޑަކްޓްތައް ކަސްޓަމަރުން އެންމެ ބޭނުންވާ މިންގަނޑާއި އެއްގޮތަށް ފޯރުކޮށްދޭ ޑިސްޓްރިބިއުޓާރުންގެ ތެރޭގައި ހިމެނުމެވެ.

ވިލާ މާޓްއިން މިޙާރު ވަނީ އެންމެންނަށްވެސް ވިޔަފާރީ ކުރެވޭނެ ގޮތަށް ފަސޭހަކޮށްދީފައެވެ. މިގޮތުން ވެބްސައިޓް ނޫނީ އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލެވޭއިރު، އޮންލައިންކޮށް ޝޮޕިންގ ކޮށްލުވެވުމުގެ އިތުރުން، ޑެލިވަރީ ހިދުމަތްވެސް ދެމުންގެންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު