ށ. އަތޮޅު ނަލަންދޫއި ރިސޯޓް ހަދަން ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީގެ މީގެ ކުރިންވެސް ވަނީ އެ ރަށުގައި ރިސޯޓް ހަދަން ބީލަމަށް ހުޅުވާލާފައެވެ. މީގެ ތިން އަހަރު ކުރިންވެސް ރިސޯޓް ހެދުމަށް މި ރަށް ދޫކުރަން ނިންމިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިން މި ތިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި 6 ނޮވެމްބަރުގެ 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާނުވާ.

    އިތުރު ބިޑުތަކަށް ނުހުޅުވާށޭ އެންމެން ގޮވާއިރުވެސް ދާންވާއިރަށް ގާތް މީހުނަށް ތަންތަން ބަހަންވެގެން ހިންގާ ޖަރީމާ.
    ކޮބައިތަ އޭ.ސީ.ސީ؟

    2
    1
  2. Anonymous

    ށ.ނަލަންދޫ ޓޫރިޒަމަށް ދޫކޮށް އެރަށުގެ ގުދުރަތީ ރީތިކަން ހަލާކުކުރުމަކީ ވަރަށް ދެރަކަމެއް. އެރަށަކީ މިވަގުތު ރާއްޖޭގައި އޮތް ގުދުރަތީ ރީތިކަން އެންމެފުރިހަމަ ރަށް. އެރަށް ޓޫރިޒަމަށް ދޫނުކޮށް އުސޫލެއްގެ ތެރެއިން އެރަށުގެ ގުދުރަތީ ރީތިކަން އިސްތިހާރުކޮށް ބޭނުންކުރުމަކީ މާރަގަޅު ކަމެއްކަމަށްދެކެން

    5
    1
    • ޚޮސް

      ނަލަންދުއަކީ ހިއްކައިގެން ގުޅާފަ އޮތް 6 ރަށް. ގުދުރަތީގޮރުން އެރައް އުފެފަ އޮތްގޮތެއް ނޫން އެއީ. ޙަމަ ބުނެލަދިނީ!!