އާއްމުކޮށް ސެންޓަށް ލޯބިކުރާ މީހުންގެ ޝަކުވާތަކެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން އިވޭ އެއް ޝަކުވާއަކީ ސެންޓް ޖަހައިގެން ބޭރަށް ނުކުންނައިރަށް ވަސް ނުހުންނަ ވާހަކައެވެ. މިހެންވާ ސަބަބުތައްވެސް ބައިވަރެވެ. އޮރިޖިނަލް ޕްރޮޑަކްޓްތައް ބޭނުން ނުކުރެވެނީއެވެ. ނޫނީ ގަންނަން ނޭނގެނީއެވެ.

ހާސްވާނެ ކަމެއް ނެތެވެ. މަޝްހޫރު އޮރިޖިނަލް ޕްރިމިއަމް ސެންޓް ފިހާރަ "ޕޮއިސް ޕްރިމިއަމް"ގައި ގިނައިރު ވަސް ހުންނަ އޮރިޖިނަލް ސެންޓުގެ އެކި ވައްތަރުތައް ލިބެން އެބަ ހުއްޓެވެެ.

އޭގެ ތެރެއިން މިފަހަރު އަޖުމަބަލަން ނޫނީ ބޭނުންކޮށްލަން ރަނގަޅު އެހާމެ ކޮލެޓީ ބްރޭންޑެއްގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ. މިއީ "ސްވިސް އަރަބިއަން"އެވެ.

މިއީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި އެންމެ ފުރަތަމަ އުފައްދަން ފެށި ބްރޭންޑެކެވެ. ސްވިސް އަރަބިއަން ބްރޭންޑްގެ ޕާރފިއުމަކީ މުޅި
ދުނިޔޭގަވެސް އެންމެ ނަން ހިނގާ އެއް ބްރޭންޑެވެ. މި މަޝްހޫރު ބްރޭންޑް މިހާރު ދިވެހިންނާއި ހިސާބަށް އަތުވެއްޖެއެވެ.

މިގޮތުން އެކި ރޭންޖްތަކުގެ، ތަފާތު ހިތްގައިމު ވަސްތަކުގެ މި ބްރޭންޑްގެ ސެންޓް މިހާރު ޕޮއިސް ޕްރިމިއަމްއިން ލިބެން ހުންނާނެއެވެ.

މި ބްރޭންޑްގެ ސެންޓު ޕޮއިސް ޕްރިމިއަމް އިން ހޯލްސޭލްކޮށް އަދި ރީޓައިލްކޮށް ވެސް ލިބެން ހުންނާނެއެވެ.

ޕޮއިސް ޕްރިމިއަމްގެ އޮފިޝަލަކު ވިދާޅުވީ، ސްވިސް އަރަބިއަން ބްރޭންޑް ޕޮއިސް ޕްރިމިއަމްއިން ރާއްޖެއަށް ތައާރަފް ކުރުމުގެ ގޮތުން އެ ބްރޭންޑްގެ ކޮންމެ ޕްރޮޑަކްޓެއް ގަތުމުން ހިލޭ ހަދިޔާއެއްވެސް ލިބޭނެ ކަމަށެވެ.

އަދި މި ޕްރޮމޯޝަން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެެވެ.

ޕޮއިސް ޕްރިމިއަމްއަކީ ނަން މަޝްހޫރު ޕާރފިއުމްގެ އިތުރުން ސްކިން ކެއަރ އަދި ހެއަރ ކެއަރގެ އޮރިޖިނަން ޕްރޮޑަކްޓްތައް ރާއްޖެއަށް ގެނެސްދެމުން އަންނަ ބައެކެވެ.

އެ ފިހާރަ ހުންނަނީ ރަށްދެބައި މަގު، ބޮޑުފެންވަޅުގޭ ކުރިމަތިގައެވެ. އެ ފިހާރައިގެ ނަމްބަރަކީ 9166499 އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސ

    ސަޅި. ވިލް ގޯ އެންޑް ބައި.