ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮސްޓެމްޓިކްސްގެ ވިޔަފާރި ކުރަމުން އަންނަ ޕޮއިސް ޕަރފިއުމްސް އިން ދުނިޔޭގެ މަޝްހޫރު ބްރޭންޑް "ޖޯއީ"ގެ ގިނަ ޕްރޮޑަކްތްތަކެއް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ޖޯއި ބްރޭންޑަކީ އިންޑިއާގެ މަޝްހޫރު އެ ސްކިންކެއާ ބްރޭންޑެވެ. މި ބްރޭންޑަކީ ރީތިކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ޕާސަނަލް ކެއާ ޕްރޮޑަކްޓްތައް ފޯރުކޮށްދެމުންދާ އެތައް ބައެއްގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ.

ޕާސަނަލް ކެއާގައި އެންމެ ރަނގަޅު ގޮތް ފޯރުކޮށްދިނުމުގެ ވަރުގަދަ ޔަގީންކަމާ އެކީގައި ކަލްކަތާގެ އާރްއެސްއެޗް ގްލޯބަލްއިން 1988 ވަނަ އަހަރު، އުފެއްދި ބްރޭންޑަކީ މިހާރު ދުނިޔޭގައި ނަން ހިނގާ ބްރޭންޑެކެވެ.

މިގޮތުން އަންހެނުންނާއި ފިރިހެނުންނަށް ވެސް އެންމެ ރަނގަޅު ސާފުތާހިރުވުމަށް ބޭނުން ކުރާ ޕްރޮޑަކްޓްތަކާއި ޕާސަނަލް ގްރޫމިންގ ހެޔޮ އަގެއްގައި މި ބްރޭންޑުން ފޯރުކޮށްދެެއެވެ.

މި ބްރޭންޑް މިހާރު ވެގެން ގޮސްފައި ވަނީ ހަންގަނޑަށް ހާއްސަ ޕްރޮޑަކްތަކުގެ އިތުުރުން އިސްތަށިގަނޑަށްވެސް ހާއްސަ ޕްރޮޑަކްޓްތައް އުފައްދާ ބްރޭންޑެއްގެ ގޮތުގައެވެ.

އަދި ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ބްރޭންޑްގެ އުފެއްދުންތައް ތައްޔާރުކޮށްފައި ވަނީ ގުދުރަތީ މާއްދާތައް ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ބައެއް ފަތްފިލާވެލީގެ ބާވަތްތައް ހިމެނެއެވެ.

މި ބްރޭންޑްގެ ގިނަ ޕްރޮޑަކްޓަތައް މިހާރު ޕޮއިސް ފިހާރައިން ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބިގެން ދާނެއެވެ. މިގޮތުން ޕޮއިސް ޕަރފިއުމްސް އިން ޖޯއި ބްރޭންޑްގެ އެކި ވައްތަރުގެ ބޮޑީ ލޯޝަނާއި، ޝޭމްޕޫއާއި، ޖެލް އާއި ސްކިން ކްރީމާއި، ސްކިން އަށް ހާއްސަ އެކި އެކި ޕްރޮޑަކްޓަކާއި، މޫނު ދޮންނަ ފުޅި އާއި ނައިޓް ކްރީމް، ފޭސް ޓޯނާ އާއި ސްކިން ޓޯނާ، ސްކިން ސީރަމް ފަދަ އެތައް ޕްރޮޑަކްޓެއް ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު