ރާއްޖޭގެ ގައުމީ އެެއާލައިން މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން ޑީއެޗްސީ-8 މަރުކާގެ މަތިންދާ ބޯޓެއް ވިއްކާލަން ނިންމައިފިއެވެ.

އައިއޭއެސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑެހެވިލޭންޑް ޑީއެޗްސީ-8 މަރުކާގެ މަތިންދާބޯޓު އެމްއެސްއެން 546 ގަތުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަަށެވެ.

އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިއޭއެސްއަށް ލިޔުމުން ނުވަތަ ގުޅުއްވައި ތިރީގައިވާ އީމެއިލްއަށް ޖެނުއަރީ 26 ވަނަ ދުވަހުގެ 14:30 ގެ ކުރުން ހިއްސާކުރުމަށް އެދޭ ކަމަށް ބުނެފައި ވެއެވެ.

  • [email protected]@iasl.aero
  • [email protected]
  • މޯލްޑިވިއަންއިން މިއަދު ވަނީ ދިގު ދަތުރުތަކަށް ހާއްސަ ބޮއިން 8-787 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމްސިއްޔާ

    އެއަރބަސް އަކަށް ނުގޮސް ބޮއިން ޚިޔާރު ކުރީ ކީއްވެތޯ؟؟

    2
    1
  2. ހާމިދު ޝާހިދު

    އަހަރެން ގަންނާނަން! އަގު ބުނެދީބަލަ!

  3. ބޮޑުރަސްގެފާނު

    ފޮށާ ،، ވިއްކާފައި މުންޑު ގަތީމަ މަތާރަންފިލާގައި ފޮށަޔަކާއި މުންޑެއް ނޯންނާނެ. މި ރަސްގެފާނު ތިޔަ ކަމާއި އެހާ އުފަލެއްނުވޭ