އެކި ބްރޭންޑްގެ ފޯންތައް ވިއްކަމުން އަންނަ މައި ބޭ ޝޮޕް އިން، އާ ފޯން ފިހާރައެއް ހުޅުވުމަށް ނިންމައިފިއެވެ.

މާދަމާ ރޭ އެ ފިހާރަ ހުޅުވުމަށް ހަމަޖެހިފައި ވަނީ ކުލަގަދަ ހަފްލާއަކާއިއެކުގައެވެ. ބޮޑުރަސްގެފާނު މަގުގެ ސައިރިކްސް ޖެހިގެން ހުންނަ އެ ފިހާރަ ހުޅުވުމަށް ބާއްވާ ހަފްލާގައި ހާއްސަ މެހްމާނެއްގެ ގޮތުގައި، ޝެއިޚް ފަރީދު ބައިވެވެވަޑައިގަންނަވާނެއެވެ.

އެ ފިހާރަ ހުޅުވުމަށް ބާއްވާ ހަފްލާއަށް ޒިޔާރަތްކޮށްގެން ފޯނެއް ލިބުމުގެ ނަސީބު ހަމަ ކޮންމެ މީހަކަށްވެސް އެބައޮތެވެ.

އެ ފޯންގެ ނަސީބުވެރިޔާ ހޮވުމަށް މާދަމާ ރޭ 20:30 އިން 22:00 އަށް ކުރިއަށްގެންދާ އެ ހަފްލާއަށް ޒިޔަރަތްކުރާ ފަރާތްތަކުން ކޫޕަނެއް ފުރާލަން ޖެހޭނެއެވެ. އަދި ހަފްލާގެ ތެރެއިން އެ ފޯންގެ ނަސީބުވެރިޔާ ހޮވާނެއެވެ. އެ ނަސީބު ވެރިޔާއަށް މެއިރު ޕްރޯ 7 ފޯނެއް ލިބިވަޑައިގަންނަވާނެއެވެ. މިއީ ޑުއަލް ޑިސްޕްލޭ ފޯނެކެވެ.

މައި ބޭ ޝޯޕްއަކީ ޒިއޯމީ ބްރޭންޑްގެ ހުރިހާ ފޯންތަކެއްގެ އިތުރުން، ސެމްސަންގ އަދި އައިފޯނާއި އަދި މި ނޫނަސް އެކި ބްރޭންޑްތަކުގެ ފޯން އެއް ތަނަކުން ލިބޭނެ އެއް ފިހާރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޭޒު

    އެ ފޯނަށް ކިޔަނީ މެއިރު އެއް ނޫން، މެއިޒު ޕްރޯ 7

  2. ހިތްވަރު

    ވަރައް ހިދުމަތް ރަގަޅު ފިހާރައެއް.ހަބޭސް