ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިގެ ހިލޭ ކުކުޅު ކުރަނޑި ކޭހެއް ލިބޭ ގޮތަށް ކުރިއަށްދާ ޕްރޮމޯޝަންގެ ތިން ވަނަ ހަފްތާގެ ކޭސް ކާމިޔާބު ކުރި މީހާ ހޮވައިފިއެވެ.

މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ ކުކުޅު ފިހާރަކީ ތަފާތު ޕްރޮމޯޝަންތައް އަބަދުވެސް ބާއްވަމުން އަންނަ ކުންފުންޏެކެވެ.

މިގޮތުން އެންމެ ފަހުން ފެށި ގިނަބައެއްގެ ތަރުހީބު ލިބެމުންދާ މި ޕްރޮމޯޝަންގައި ހިލޭ ކުކުޅު ކުރަނޑި ކޭހެއް ލިބިގެންދާއިރު، މި ޕްރޮމޯޝަންތިން މަސް ދުވަހަށް ކުރިއަށްގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދެވަނަ ހަފްތާ ކާމިޔާބު ކުރީ އައިޝަތު އާރްޓީއެވެ.

މި ޕްރޮމޮޝަންގެ ދަށުން އެ ފިހާރައިގެ ފޭސްބުކް ޕޭޖްގައިވާ ޕޯސްޓް ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް ޝެއާރ އެންޑް ޓެގް އަދި ކޮމެންޓް، ކުރާ ފަރާތްތަކަށް ކުކުޅު ކުރަނޑި ކޭހެއް ކޮންމެ ހަފްތާއަކުވެސް ލިބޭނެއެވެ.

މީގެ ކުރިންވެސް ޝެއާ އެންޑް ވިން ޕްރޮމޯޝަން ކުކުޅު ފިހާރައިން ބޭއްވިއިރު، އާންމުގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ކުކުޅު ފިހާރައިން ލިބެން ހުންނަ ފިނި ކުރި ކާބޯތަކެތީގެ ތެރޭގައި ގަނޑުކުރި ކުކުޅާއި (ކޮށާފައި އަދި ނުކޮށާ)، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް ހިމެނެއެވެ.

ކުކުޅު ފިހާރައިން ތައާރަފް ކުރާ އާ ޕްރޮޑަކްޓްތަކުގެ އިތުރުން އާ ޕްރޮމޯޝަންތައް ފޭސްބުކް ޕޭޖް މެރުވެރިކޮށް އެނގޭނެއެވެ. އަދި 9986575 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެއެވެ.

އެ ފިހާރައިން ހޯލްސޭލްކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ނަންބަރަށް ވައިބާރ ކޮށްގެން އޯޑަރ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު