ބުރިކްސްގެ ގައުމުތަކުން އައު ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް އުފެއްދުމަށް ރަޝިއާ އިން ހުށައަޅައިފިއެވެ.

މި ހުށައެޅުމަކީ ރަޝިއާގެ ފައިނޭސް މިނިސްޓްރީ އާއި އެގައުމުގެ މަރުކަޒީ ބޭންކު ގުޅިގެން ތައްޔާރު ކޮށްފައިވާ ހުށައެޅުމެކެވެ. މި އައު ޑިޖިޓަލް ޕޭމަންޓް ސިސްޓަމާއި އެކީ ރަޝިއާގެ މަގުސަދަކީ ބްރިކްސްގެ ގައުމުތައް އެއް ގައުމު އަނެއް ގައުމާއި ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތް ތަކުގައި އެމެރިކާގެ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. އަދި މި ޕޭމަންޓް ސިސްޓަމާއި އެކީ ބްރިކްސްގެ ގައުމުތަކަށް ވިޔަފާރީގައި ލުއި ފަސޭހަތަކެއް ހޯދައިދިނުމެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކަކީ ވެސް މާލީ ގޮތުން މިނިވަން ގައުމުތައް ކަމަށާއި، އެހެންކަމުން ވަކި ގައުމެއްގެ ނުފޫޒުން ދުނިޔޭގެ ވިޔަފާރި ރައްކާތެރި ކުރަން ޖެހޭ ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ.

ބްރިކްސްގެ ގައުމުތަކުގައި ބޭނުން ކުރަން ރަޝިއާ އިން މި ހުށައަޅާ އައު ޑިޖިޓަލް ޕޭމަންޓް ސިސްޓަމް ގާއިމު ކުރެވިއްޖެ ނަމަ މިހާރު ދުނިޔެ ދަންނަ ބައިނަލްއަގުވާމީ ވިޔަފާރި ކުރާ ވައްޓަފާޅި އެއްކޮށް ބަދަލުވެގެންދާނެ އެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު އޮންނަ ބްރިކްސް ގެ ގައުމުތަކުގެ ސަމިޓް ގައި މި ހުށައެޅުން ހުށައަޅާނެ ކަމަށް ރަޝިއާ އިން ވަނީ އިއުލާން ކޮށްފައެވެ.

ރަޝިއާ އިން ވަނީ އެ ގައުމުން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއްގައި ފައިސާ ދެއްކުމަށް އެމެރިކާގެ ޑޮލަރު ބޭނުން ކުރުން ހުއްޓާލާނެ ކަންވެސް އިއުލާން ކޮށްފައެވެ.

މިހާރު ވެސް ރަޝިއާ އިން ދަނީ ބައެއް ގައުމުތަކާއި އެކީ ކުރާ ވިޔަފާރީގެ މުއާމަލާތް ތަކުގައި އެމެރިކާ ޑޮލަރު ނޫން އެހެން ފައިސާ ބޭނުން ކުރަން ފަށާފައެވެ. އެގޮތުން ޗައިނާ އާއި އެކީ ރަޝިއާ އިން ކުރާ އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރިތައް މިހާރު ކުރަނީ ރަޝިއާގެ ރުބެލްސް ނުވަތަ ޗައިނާގެ ޔުއާން ބޭނުން ކޮށްގެންނެވެ. އަދި އިރާނާއި އެކީ ވެސް ރަޝިއާ އިން މިހާރު ވިޔަފާރި ކުރަނީ އެގައުމުގެ އަމިއްލަ ފައިސާ އިންނެވެ.

ބްރިކްސް އަކީ އެންމެ ފުރަތަމަ 4 ގައުމެއްގެ މައްޗަށް އެކުލެވިގެން އުފެދުނު މާލީ އިއްތިހާދަކަށް ކިޔާ ނަމަކެވެ. އެ ގޮތުން ބުރިކްސް އެންމެ ފުރަތަމަ އުފެއްދި ހަތަރު ގައުމަކީ ބުރެޒިލް، ރަޝިއާ، ޗައިނާ އަދި އިންޑިއާ އެވެ. ފަހުން ދެކުނު އެފްރިކާ މި އިއްތިހާދާއި ގުޅުނީއެވެ. އަހަރަކަށް ވުރެ އަހަރެއް ބްރިކްސްގެ މާލީ އިއްތިހާދަށް ވަނުމަށް ބޭނުންވާ ގައުމުތައް އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަޝީދު

    އައްސަރިބަހާއި ސާބަސް ބްރިކްގެ ސަބަބުން އެމެރިކާ މުޅި ދުނިޔެ ފަސާދަކުރަމުން ދާދިއުމައް ނިމުމެއް އަންނާނެ ކަން ޔަގީން...

    13
    1
    • ސަޅި

      އެމެރިކާ އެކިގޮތްގޮތުން ބަލިކަށިވެގެން ދިއުމަކީ މުސްލިމުންނަށް ލިބޭނެ ކާމިޔާބެއް އިން ޝާﷲ. ހަމައެހެންމެ، އެމެރިކާ ޑޮލަރަށް މިހާރު ލިބިފައިވާ ބާރާއި ނުފޫޒު ބްރިކްސް އަށް ލިބޭ ދުވަހަކުން ސައުތު އީސްޓް އޭޝިއާ އަށް އަތްގަދަކުރުމަށް އިންޑިޔާ ހިންގާނެ ޖަރީމާތައް މިއަދުގެ ދުރުމިތަކަށް ފޯކަސްވެސް ކުރެވޭނެހެނެއް ހިޔެއްނުވޭ.

  2. ރާއްޖެތެރެ

    މޫޅި ދުނިއެ އެމެރިކާ ވައްޓާލަން މަަސައްކައް ކުރަންޖެހޭ

    4
    1
  3. ސަޅި

    އެމެރިކާ އެކިގޮތްގޮތުން ބަލިކަށިވެގެން ދިއުމަކީ މުސްލިމުންނަށް ލިބޭނެ ކާމިޔާބެއް އިން ޝާﷲ. ހަމައެހެންމެ، އެމެރިކާ ޑޮލަރަށް މިހާރު ލިބިފައިވާ ބާރާއި ނުފޫޒު ބްރިކްސް އަށް ލިބޭ ދުވަހަކުން ސައުތު އީސްޓް އޭޝިއާ އަށް އަތްގަދަކުރުމަށް އިންޑިޔާ ހިންގާނެ ޖަރީމާތައް މިއަދުގެ ދުރުމިތަކަށް ފޯކަސްވެސް ކުރެވޭނެހެނެއް ހިޔެއްނުވޭ.

  4. 2222

    އެކަމް އޯކޭ...........
    ތިޔަހަރަ މީހާ ކައިރީ ބުނެބަލަ ކަނޑިއްކެއް އަނދެގެން ހުންނަހަރޭ. މާރީތިވާނޭ