މާދަމާއަކީ ފަލަސްތީނަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ރަމަޝާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ފަލަސްތީނުގައި ވެސް ކަނޑައަޅާފައިވާއިރު އިސްރާއީލުގެ އިރުމަތީ ގުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތް ކޮމްޕްލެކްސްގެ ވަށައިގެން އާދީއްތަ ދުވަހު އިޒްރޭއިލުގެ އިތުރު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އަނަޑޯލޫ ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.

އިޒްރޭއިލުން އިތުރު ސިފައިން އެ ސަރަހައްދަށް ފޮނުވާފައި މިވަނީ ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ރަމަޟާން މަހުގެ ތަރާވީޙް ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނި ގޮތުގައި ފުލުހުން ހަރަކާތްތެރިވަނީ ރަމަޟާން މަހު އިރުމަތީ ގުދުސް އާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަލާމަތީ ކަންކަން ވަރުގަދަވެދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރިނުވާން އިންޒާރުދީ ގުދުސްގެ ރައްޔިތުންގެ ފޯނަށް ޓެކްސްޓް މެސެޖުތައް ފޮނުވާފައި ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން އިރުމަތީ ގުދުސްގެ އިރުމަތީ އަވަށްތަކުގައި ރަމަޟާން މަހު "ހަމަނުޖެހުން" ނުހިންގުމަށް އިންޒާރުދޭ ލީފްލެޓްތައް ވެސް ބަހާފައިވާ ކަމަށް ވެއެވެ.

އަލްއަޤްޞާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މާތް ތަނެވެ. ޔަހޫދީން އެ ސަރަހައްދަށް ޓެމްޕަލް މައުންޓްގެ ނަމުން ކިޔަނީ އެއީ ޒަމާނުއްސުރެ ޔަހޫދީންގެ ދެ މިސްކިތެއް ހުރި ތަނެއް ކަމަށް ބުނެއެވެ.

އަލްއަޤްޞާ އޮންނަ އިރުމަތީ ގުދުސް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުގެ ޢަރަބި-އިސްރާއީލު ހަނގުރާމައިގައެވެ. އަދި 1980 ވަނަ އަހަރު މުޅި ސިޓީ ހިފަހައްޓައި، ބައިނަލްއަގްވާމީ މުޖުތަމައުން ދުވަހަކުވެސް ބަލައިނުގަތް ފިޔަވަޅެކެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު ކުރެވޭއިރު، މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ 31،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ޣައްޒާގައި އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަމުރުކޮށްފައެވެ.