ޔަހުދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދުނިޔޭގެ އެހެން ގައުމުތަކުގެ ފިއްތުންތަކަށް ނުބަލާނެ ކަމަށް ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު މިހެން ބުނެފައިވަނީ ޔަހޫދީ ދައުލަތުގެ ސަރުކާރުގެ ރަސްމީ ކެބިނެޓް ބައްދަލުވުމުގައެވެ. ޔަހޫދީންގެ ސަރުކާރުން ކޮންމެ ހަފްތާ އަކު ކެބިނެޓް ބައްދަލުވުންތައް ތައް އަންނަނީ ބާއްވަމުންނެވެ.
ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރުން ވަނީ އިރާނަށް ހަމަލާދިނުމުގެ މައްސަލައިގައި އޭނާ އާއި ވާހަކަ ދައްކާފައި ކަމަށާއި ދެ ގައުމުން ވެސް އެދުނީ މަސްލަހަތު އިތުރަށް ހޫނު ނުކުރުމަށް ކަމަށެވެ. ނަމަވެސް އިސްރާއީލުން މި ހަމަލާގެ ބަދަލު އިސްރާއީލަށް ފެންނަ އެންމެ ރަނގަޅު ވަގުތުގައި އެންމެ އެކަށޭނަ ބާރު ބޭނުން ކޮށްގެން ދޭނެ ކަމަށް އެ ދެ ގައުމުގެ ހާރިޖީ ވަޒީރުންނަށް އަންގާފައިވާނެ ކަމަށް ވެސް ނަތަންޔާހޫ އޭނާގެ ކެބިނެޓަށް ބުނެފައި ވެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ކަންބޮޑުވަނީ އިރާނުން ދިން ހަމަލާގެ ބަދަލުގައި އިސްރާއީލުން އިރާނަށް ހަމަލާތަކެއް ދީފާނެތީއެވެ. އެއީ އިރާނުން ވަނީ އިސްރާއީލުން ހަމަލާދީފިނަމަ އެ ގައުމުން އަދި ކުރިން ދިން ވަރަށް ވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ ވެރިން ބޭނުން ވަނީބއިރާނަށް ހަމަލާދިނުމަށެވެ. އެ ގޮތުން ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރާއި އަސްކަރިއްޔާގެ ވެރިޔާ ވެސް ބޭނުން ވަނީ އިރާނަށް ހަމަލާދިނުމަށެވެ. ނަމަވެސް މި ކަމުގައި ޒަމާންވީ އެމެރިކާގެ އެހީތެރިކަން ނުލިބޭނެ ކަމަށް އަންގާފައި އޮތުމުން އިސްރާއީލުގެ ވެރިން އިރާނަށް މި ވަގުތު ހަމަލާދިނުމަށް ފަސްޖެހެނީއެވެ.
ހެހެހެ.... ކަލޭމެންނަކީ ދުނިޔޭގައިވެސް ތިބި އެންމެ ބޮޑެތި ފިނޑިން. މިހާރު ތި އުޅެނީ ޔޫރަޕްގެ ދެ ޤައުމަކުން ނުރުހުންވީމާ މޭކަރާގަނެގެން. ކައިބޮއި އުޅެނީވެސް އެމެރިކާ ކައިރީ ނާށިގަނޑު ހިފައިގެން ގޮސްގެން.
މިއަދުގެ މުސްލިމުން ނިކަމެތިވެފައި މިތިބީ މުސްލިމުން އަމިއްލަޔަށް ހޯދައިގަތް ދުނިޔޭގެ އެދުމުގެ ސަބަބުން.
އިސްލާމީ ތާރިޙް ކިޔައިދޭގޮތުން، މުސްލިމުންގެ ހަތަރުވަނަ ހަލީފާ، އަމީރުލް މުއުމިނީން އަލީގެފާނުގެ ހިލާފަތުގައި ޝާމްކަރައިގެ ގަވަރުނަރު މުއާވިޔަތުގެފާނާއި އަލީގެފާނާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުމެއްގެ ސަބަބުން އުންމަތުގެ ތެރޭގައި ނުތަނަވަސް ކަމެއް އުފެދިފައިވީ ދަނޑިވަޅުގެ ބޭނުން ހިފަންކަމަށް ޝާމްކަރައިގެ ކައިރީގައިވާ ކާފަރުންގެ ވެރިކަމުގެ ފަރާތުން ގަވަރުނަރު މުއާވިޔާއަށް ދަންނަވަނީ ކަލޭގެފާނު ހުންނެވީ ހައްގު ގޮތުގައޭ އަމީރުލްމުއުމިނީން އާއި ހަގުރާމައަށް ނިކުންނާށޭ ތިމަންމެން މިތިބީ ކަލޭގެފާނާއި އެކު އަލީގެފާނާއި ދެކޮޅަށް ހަނގުރާމައަށް ނިކުންނާށޭ.
ގަވަރުނަރު މުއާވިޔާ އެމީހުންނަށް ވިދާޅުވީ ތިމަންނާއާއި ތިމަންނާގެ އަޙާއާއި ދެމެދު އުފެދުނު ކަމެއްގެ ތެރެއަށް ތިޔަބައިމީހުން ވަންނަން ގަސްތު ކުރަނީހޭ، ﷲ ގަންދީފައި ބުނަމޭ ތިޔަބައިމީހުން ތިގޮތަށް ހީކޮށްގެން މިއުންމަތުގެ ތެރޭގައި ފިތުނަ އުފައްދަން އުޅެގެންފިނަމަ މާދަމާ އަމީރުލް މުއުމިނީން އަލީގެފާނުގެ ފަހަތުގައި ތިމަންމެން އެންމެން ނިކުމެ ކަލޭމެންގެ ދުވަސް ދުއްވައިލާނަމޭ. މިއީ ރަސޫލާގެ ސަހާބީން އިސްލާމީ އުންމަތަށް ދައްކައިދިން މަގަކީ، މިއީ ހަގީގީ އިސްލާމީ ލީޑަރުންނަކީ. އެމީހުންގެ މެދުގައި އުފެދޭ ހިލާފުވުމަކުން އުންމަތް ބައިބައިވެގެން ދިއުމުގެ ފުރުސަތެއްނުދޭނެ.
މިއަދުވެސް އިސްލާމީ ދުނިޔެއިން އެއްބައިވަންތަކަން ދައްކާލަބަލަ، އެމެރިކާއާއި އިނގިރޭސިންނާއި ޔޫރަޕްގެ ތިބުނާ ބާރުގަދަ ގައުމުތަށް ޖެހޭނީ ކުޑަކަކޫޖަހަން، އެހިސާބުން އިޒްރޭލެއް ނޯންނާނެ، ޔަހޫދިންނެތި ހިނގައިދާނެ.
ތިފަދަ ދީންވެރި ވެރިންނެއްނޫން މިއަދު އިސްލާމީ ގިނަ ޤައުމްތަކުގައި ތިބީއެއް އެމެރިކާގެ 10 އަސްކަރީ ބޭސް މެދުއިރުމަތީގައިވާ ޢަރަބި އިސްލާމީ ޤައުމްތަކުގައި އެބައޮތް އެއީ އެމީހުން ޤަބޫލްކުރާ ގޮތުގައި ވެރިކަންދޭ ބައަކީ އަދި އެވެރިކަން ރައްކާތެރިކޮއްދޭ ބައަކީވެސް މީ އަދުގެ ޙަޤީޤަތް
ޤިޔާމަތްދުވަހުވެސް ތިހެން ބުނާނަންދޯ
ކައްވަޅުގެ ފިއްތުމަށްވެސްތަ!
ކަލޭ ގައުމުގެ ޔަހޫދީ ޒައިނިސްޓުންނަކީ މަރުދެކެ އިންތިހާއަށް ބިރުގަންނަ ބައެއް މަތިންކަޅުކާޅެއް އުދުހިފަ ދިޔުމުންވެސް ތިބެނީ ރޮއިރޮއި ހަލާކުވެ ގަޔަށް ގުއިރެވޭ ހިސާބުގަ ދުނިޔޭގެ ފިއްތުމާއި އާހިރަތުގެ ފިއްތުންތަށް އަދި އޮތީ ކުރިއަށް ދެން ކަލޯމެންގެ ދުވަސްދާކަށް މާކަ ގިނަދުވަހެއް ނެތް ވަﷲ އައުލަމް.
އެހެންވެއްޖެޔާ ދެންތިިބި ގައުމުތަކުންވެސް ކަޅޭމެންގެ ވަފާތެރި އެމެރިކާ ރަސްގެފާނާ ކަލޭމެންގެ ބައިވެރިން ކިތަންމެ ފިއްތުމެއް ފިއްތިޔަސް ބޮލެއް ނުލަބާނެ. ރަސިޔާ، އީރާން، ފަލަސްރީނުގެ ހަމާސް، ލުބްނާނުގެ ހަމާސް އެދައްކަނީ މަރާލިޔަސް ދޫނުދޭނެކަން. ދެން ހަމަވާ ވާނީ މިލިސް އިތުރު. ކަލޭމެންދެކެ ބިރުގަންނާނީ ސައުދީ، މިސްރު ފަދަގައުމުތައް އެެއި ބަގާވާތަކުން ވެރިކަން ވެއްޓިދާނެތީ ގަންނަބިރު.
ސޮޑް ޔަހޫދީން
އިސްއީލަށް ހަމަލާއެއް ދިނީމަ ބިރުންތެޅޭވަރު ކާފަރުންނަކީ ހަގުރާމާއިވެ މައިދާނުގާ ފިލާބައެއް
ކަލޭ ނަރަކައިގެ ވަތުއޮޑިއަށް ބަލާ. އެއީ ތިކަހަލަ ޤާތިލުންނަށް ޙައްޤުތަނަކީ. ޝައިޠާނާ.
ކަލޯއަމިއްލައައް ހަލާކުވާންތިޔައުޅެނީ ކަލޭމެންގެ އެންމެގާތްއެކުވެރިޔާވެސް އީރާނާ ނުބެހޭށޭ އެބުނަނީ އެމީހުންދެކެ ބިރުން
މިކަލޭގެ މޫނުމަތީގައި މަކަރުވެރި ގޮތެއް ހުރޭދޯ