23:49

ހިޒްބުﷲއިން އިސްރާއީލަށް 30 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލައިވާ ކަމަށް އެޖަމާއަތުން ބުނެފި. މި ހަމަލާއާއި ގުޅިގެން އިސްރާއީލުން ބުނެފައިވަނީ އެގައުމުގެ އުތުރުގެ ސަރަހައްދަށް ހަމަލާއެއް އައިސްފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް.

23:49

ފަހުގެ މައުލޫމާތު:

  • އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނީ ޖަރުމަންވިލާތާއި ދެކޮޅަށް ނިކަރާގުއާއިން ހުށަހެޅި މައްސަލައިގެ ހުކުމް އަންގާރަ ދުވަހު އިއްވަނީ
  • އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ދަތުރު ކުރަމުން ދިޔަ ކާރު އެކްސިޑެންޓްވެ، ފުރޮޅާލައިފި.
  • ޣައްޒާ ނަސީރު އަދި އަލް-ޝިފާ ހޮސްޕިޓަލް ކައިރިން ގިނަ އަދަދެއްގެ މީހުންގެ ހަށިތައް ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީން ގޮވާލައިފި.

 

23:14

ފަލަސްތީނާއި ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކަމުން އައި، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ، އިޓަމާ ބެން-ވީރު އެކްސިޑެންޓްވެއްޖެ.

 

22:24

ރަފާހުގެ އަލް-އަޤްދް ސްކޫލް ކައިރީގައި ހުންނަ އާންމުން ދިރިއުޅޭ އިމާރާތަކަށް ނިރުބަވެރި އިސްރާއީލުން ހަމަލާދީފި.

 

22:22

އިނގިރޭސި އިދާރާއަކުން ހާމަކޮށްފައިވާ ގޮތުގައި ޔަމަނުގެ މާހާގެ ހުޅަނގު ދެކުނުގެ ސަރަހައްދުގައި ތިން މިސައިލެއް ވަނީ ފެނިފަ.

22:10

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ 18 އަހަރުގެ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި.

 

22:00

ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައި ޖަރުމަން, ޔަމަން, އުރުދުން އަދި ފްރާންސްގައި ކުރިއަށް ގެންދިޔަ ހިނގާލުން

21:39

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ސްކޫލެއް ކައިރިއަށް ހަމަލާދީ ތިން މީހަކު ޝަހީދުކޮށްލައިފި.

 

21:18

ލުބުނާނުގެ ކާރަކަށް ނިރުބަވެރިން ދިން ހަމަލާގައި ދެމީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

20:58

ފަހުގެ ތާފާސް ހިސާބުތައް:

އިސްރާއީލް:

  • މަރާލި މީހުންގެ އަދަދު: 1،139
  • އަނިޔާވި މީހުންގެ އަދަދު: 8،730

ޣައްޒާ:

  • ޝަހީދުވި މީހުންގެ އަދަދު: 34،356
  • ޒަހަމްވި މީހުންގެ އަދަދު: 77،368

ހުޅަނގުއައްސޭރި:

  • ޝަހީދުވި މީހުންގެ އަދަދު: 489
  • ޒަހަމްވި މީހުންގެ އަދަދު: 4،800

 

20:28

ލުބުނާނުގެ ހުޅަނގުގެ ސަރަހައްދުގައި ދުއްވަމުން ދިޔަ ކާރަކަށް ނިރުބަވެރި އިސްރާއީލުގެ ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ނިރުބަވެރިން ހަމަލާދީފައިވާ ސަރަހައްދަކީ އިސްރާއީލުގެ ބޯޑަރާއި 20 ކިލޯމީޓަރު (12 މޭލު) ދުރުގައި އޮންނަ ސަރަހައްދެއް.

 

20:26

ޣައްޒާގެ އުތުރަށް އެހީ ނުފޯރާ ކަމަށް ހަމާސްގެ އޮފިޝަލުން ބުނެފި.

ހަމާސްއިން ބުނެފައިވަނީ ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ޣައްޒާއަށް 1،063 އެހީގެ ޓްރަކް ވަދެފައިވާ ކަމަށާއި ޣައްޒާގެ އުތުރަށް ގޮސްފައިވަނީ އޭގެ ތެރެއިން 49 ޓްރަކް ކަމަށް.

19:43

ނިރުބަވެރި އިސްރާއީލުން މިދިޔަ ހޮނިހިރު ދުވަހު ދުވަހު ޝަހީދުކޮށްލި ޣައްޒާގެ މާބަނޑު އަންހެން މީހާގެ ތުއްތު ދަރިފުޅު ވެސް ޝަހީވެއްޖެ.

 

19:20

އީރާނުން އިސްރާއީލަށް ދިން ހަމަލާގައި އެގައުމުގެ ބައެއް ސަރަހައްދުތަކަށް ވެއްޓިފައިވާ މިސައިލްގެ ބައިތައް އިސްރާއީލް އަސްކަރިއްޔާގެ ހެލިކަޕްޓަރުތަކުން ސާފު ކުރަން ފަށައިފި.

18:21

ހަމާސް ޖަމާއަތާއި އެކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމު ކުރުމުގެ އުންމީދުގައި މިސްރުން އިސްރާއީލަށް މަތީ ފެންވަރުގެ ވަފުދެއް ފޮނުވާފައިވާ ކަމަށް މިސްރުގެ ދެ އޮފިޝަލަކު ބުނެފި.

18:11

އިސްރާއީލުގެ ގިނަ އަދަދެއްގެ ރައްޔިތުން އެގައުމުގެ ހަނގުރާންމަތީ ކެބިނެޓު ހުންނަ އިމާރާތް ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން.

 

18:10

މިހަފްތާގެ ތެރޭގައި ރަޝިއާ، އީރާން އަދި ޗައިނާއާއި ދެމެދު މުހިންމު ސިޔާސީ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

17:53

ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައި ބާލިންގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރި ބައެއް މީހުން ފުލުހުން ހައްޔަރު ކުރުން

17:45

ހޫތީން ކޮންޓްރޯލް ކުރަމުން އަންނަ ސަރަހައްދުގައި އެމީހުންގެ ދެ ޑްރޯނެއް ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި.

17:44

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން އަޤްސާ މިސްކިތަށް ވަނަ ނުދީ އެމީހުންނަށް ހުރަސް އަޅަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

17:44

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 51 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފި.

 

17:23

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 34،356 އަށް އަރައިފި

 

17:14

އިސްރާއީލުގެ ސްނައިޕަރުން ފަލަސްތީނުގެ މީހުންނަށް އަމާޒުކޮށް ދިން ހަމަލާގައި އެކަކު ޝަހީދު ކޮށްލައިފި.

16:45

ހުތީން ކޮންޓްރޯލް ކުރަމުން އަންނަ ސަރަަހައްދަކުން ގަލްފުގެ ސަރަހައްދަކަށް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއްވި ކަމެއް އަދި އެނގިފައެއް ނުވޭ.

16:42

އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓުގެ މިނިސްޓަރ، ބެނީ ގެންޓްޒް ދިރިއުޅެމުން އަންނަ ގެ ބޭރުގައި މުޒާހަރާ ކުރި ދެމީހަކު ހައްޔަރު ކޮށްފި.

14:03

އިސްރާއީލުގެ ނިރުބަވެރި ސިފައިން މިއަދު ޣައްޒާގެ ރަފަހްގެ ބޭރުން މަހަށް ނުކުމެ އުޅުނު ފަލަސްތީނުގެ މަސްވެރިންތަކަކަށް ވަނީ ބަޑީގެ ހަމަލާ ދީފައި. އެ ހަމަލާގައި އެކަކު ޝަހީދުވެ، އިތުރު މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

13:59

އިސްރާއީލުގެ ސިފައިން ޣައްޒާގެ ގިނަ އަދަދެއްގެ އާންމުން ޝަހީދުކޮށްލައި، ހަށިގަނޑުތައް ބޮޑު ވަޅަކަށް އަޅާފައި ފޮރުވި މައްސަލަ ތަހުގީގު ކުރަން އެ ގައުމުން ހުރަސް އަޅަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ ކުރީގެ ޗީފް އެގްޒެކެޓިވް ކެނެތު ރޮތު ވަނީ ވިދާޅުވެފައި. އޭނާ ވިދާޅުވީ، އެ ހަނގުރާމައިގެ ޖަރީމާ ތަހުގީގު ކުރަން ހިއުމަން ރައިޓްސް ވޮޗްގެ ތަހުގީގީ ޓީމުތައް ޣައްޒާއަށް ވަނުމަށް އިސްރާއީލުގެ ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް. އިސްރާއީލުން ބޭނުންވަނީ މައްސަލަ އަމިއްލައަށް ތަހުގީގު ކުރާނެ ކަމަށް ބުނެ ހަގީގަތް ފޮރުވަން ކަމަށް އޭނާ ތުހުމަތުކުރެއްވި. ޣައްޒާއިން ފެނުނު ކަށްވަޅުން މިހާތަނަށް 392 މީހުންގެ ހަށިގަނޑު ފެނިފައިވޭ.

13:52

އިސްރާއީލުގެ ސިފައިން ޣައްޒާގެ ރަފަހްއަށް އެރުމަށް ތައްޔާރުވަމުންދާއިރު، ނިރުބަވެރި އައިޑީއެފްއިން ވަނީ ޣައްޒާއަށް ބޮން އަޅަން ފަށާފައި. ޣައްޒާގެ އުތުރާގައި މެދުތެރެއަށް އާޓިލަރީ ޖެހުމުގެ އިތުރުން ވައިގެ ހަމަލާތަކެއް ވެސް ދަނީ ދެމުން. އެގޮތުން، ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް ވަހުދާ މަގުގައި ހުންނަ ގެއަކަށް އަމާޒު ކުރި ހަމަލާއެއްގައި ބައެއް މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައި.

10:32

އެމެރިކާގެ ޔުނިވަސިޓީތަކުގައި މުޒާހަރާ ކުރަނީ.

10:26

އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ރެއިޑްތަކުގައި ފަލަސްތީނުގެ ތިން ރައްޔިތުން ހައްޔަރުކޮށްގެން ގެންގޮސްފި. އޭގެ ތެރޭގައި އަންހެން ޓީޗަރެއް ވެސް ހިމެނޭ.

 

10:25

އިސްރާއީލްގެ އަސްކަރިއްޔާ އިން ލުބުނާންގެ އަވަށެއް ކަމަށްވާ ޗެބާ އަށް ހަމަލާދޭ މަންޒަރުގެ ވީޑިއޯ ފޫޓޭޖެއް އާންމުވެއްޖެ. މި ވީޑިއޯ އިން ފެންނަ ގޮތުގައި ވަރަށް ވަރުގަދަ ގޮވުމެއްގެ އަޑު އެ ސަރަހައްދުން އިވިފައިވޭ.

އިސްރާއީލުން ބުނި ގޮތުގައި އެމީހުންގެ ޖެޓްތަކުން ހަމަލާ ދީފައި ވަނީ "ޓެރަރިސްޓުންގެ" ވަސީލަތްތަކަށް.

10:22

ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 34،305 އަށް އަރާފައި. ޒަހަމްވެފައި ވަނީ 77،293 މީހުން.

 

10:06

އިސްރާއީލުން ނާސިރް ހޮސްޕިޓަލްގައި ތިބި ބަލި މީހުން ވެސް ޝަހީދުކޮށްލާފައިވާ ކަމުގެ ހެކި. މި މީހުންގެ ގައިގެ ތެރެއަށް ލައްވާފައި ހުރި މެޑިކަލް ޓިއުބްތައް ފެންނަން އެބަހުރި.

10:05

ކައްވަޅުން ފެނުނު ބައެއް ހަށިގަނޑުތައް.

******************

ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ އަށް 203 ދުވަސްވެފައިވާ އިރު، ޣައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސް ސިޓީން ހޯދި ބޮޑު ކަށްވަޅުގެ ވާހަކަ ވާނީ އަޑު އިވިފައެވެ. ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުން ހާމަކޮށްފައިވާ ގޮތުގައި އެ ސިޓީގެ ނާސިރް ހޮސްޕިޓަލް ކައިރިން މައިގަނޑު ތިން ކައްވަޅު ފެނިފައިވެއެވެ. އެ ތިން ކައްވަޅުން ފެނުނު ހަށިގަނޑުތަކުގެ އަދަދު 392 އަށް އަރާ އިރު، ދެނެގަނެވިފައި ވަނީ އެންމެ 65 މީހެއްގެ ހަށިގަނޑެވެ.

ގިނަ ބަޔަކު މިހާރު ގޮވާލަމުން ދަނީ މި ކަމުގެ ބޮޑު ތަހުގީގެއް ހިންގައި އިސްރާއީލް އަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިކް ވިދާޅުވީ ޣައްޒާ އިން ފެނުނު ކައްވަޅުތަކުން ފޮރެންސިކް ހުރިހާ ހެއްކެއް ހޯދުން މުހިންމު ކަމަށެވެ. އަދި މިކަމުގައި ބައިނަލްއަގުވާމީ ތަހުގީގެއް ހިންގަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުން ވަނީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން ދީފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި އެއާ ގުޅިގެން ހިނގާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮންސިކާ

    އދ އީ އެއްވެސް ކަމެއްވާބައެއްނޫން ފޮނި އަގަތަޅާބައެއް

    24
    2
  2. ކަށިކެޔޮ އާދަނު

    ތިފަދަތަންތަން ފެންނަންތިބިމީހުންތައް ރުހިގެންކުރުވައިގެންއުޅޭ ކަމެއްވީމަ ފެންނަންތިބިލޯތައްއެވަނީ ކަނުވެފަ. އަރަބިއިސްލާމީ ގައުމުތަކުގެވެރިންވެސް ހިމެނޭގޮތަށް އެމީހުންގެބައިވެރިވުމާއި ރުހުންވެސްލިބިގެން ކުރުވިކަމެއްކަން ޔަގީން

  3. ފަރު

    އަރަބިން ބަގުރާ ވިކުމުގާ އިސްލާމީ އުމަތް ހަލާކު ވެއްޖެ ވަރަށް ދެރަ