ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށް ގެންދާ އަސްކަރީ ހަމަލާތައް ކުރިއަށް ގެންދަނީ ބައިނަލް އަޤްވާމީ ހަނގުރާމައިގެ ހާލަތުގައި އަމަލުކުރަން އޮންނަ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށް އަނިޔާވެރި އިސްރާއީލުގެ މިނިސްޓަރަކު ބުނެފިއެވެ.

ޔަހޫދީންގެ ސަރުކާރުގެ މިނިސްޓަރު މި މޭރުމުން ވާހަކަ ދައްކާފައި މި ވަނީ ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވާތީ އިންޓަނޭޝަނަލް ކުރިމިނަލް ކޯޓުން އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ އިތުރުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހާރްޒީ ހަލޭވީ ހައްޔަރު ކުރަން ކޯޓު އަމުރެއް ނުރެން އުޅޭ ކަމުގެ އަޑު ގަދަ ވެފައި ވަނިކޮށެވެ.

" އަހަރެމެން އެންމެ ދެރަ ވަނީ ނުރައްކާތެރި ދުޝްމަނެއްގެ ކިބައިން އަހަރެމެންގެ ގައުމާއި އަހަރެމެންގެ ރައްޔިތުން ސަލާމަތްކުރުމަށް އަމިއްލަ ދިފާއުގައި ހަމަލާދިނުމުގެ ހައްޤު އަހަރެމެންނަށް ލިބިގެން ނުވާ ކަމަށް ބައެއް ގައުމުތަކުން ދެކޭތީ. މިހާރު ވެސް ހަމާސް އިން އެ ގޮވާލަނީ އަދި އަބަދުވެސް ގޮވަމުން ދަނީ އިސްރާއީލްގެ ދައުލަތް އެއްކޮށް ނެތިކޮށްލަން." ޔަހޫދީ އިސްރާއީލްގެ ހާރިޖީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފައި ވެއެވެ.

އިންޓަނޭޝަނަލް ކުރިމިނަލް ކޯޓުން އިސްރާއީލްގެ ވެރިން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި ނަމަ އޭގެ ގެއްލުން އެއްމެ ބޮޑަށް ކުރާނީ އިސްރާއީލް އަސްކަރިއްޔާ އަށް ކަމަށާއި އަދި މީގެ ސަބަބުން އިރާނުގެ މަދަދާއި އެކީ ހަނގުރާމަ ކުރަމުންދާ ދީނީ ގޮތުން ވެސް ހައްދުފަހަނަ އަޅައިފައިވާ ހަމާސްގެ މުޖާހިދުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    އާއްމު ރައްޔިތުން މެރުމަކީ ބައިނަލް އަގްވާމީ ގާނޫނުގައި އޮތްކަމެއްތަ؟ކަލޭމެންގެ ދުވަސް ދުއްވާލާނެ ދުވަސް ވެސް އަދި އަންނާނެ!

    11
  2. ޙުސެން

    ބަލަ ކަލޭމެން ކޮށްފިޔާ ބައިނަލްއަގުވާމީ މިންގަނޑު މުސްލިމް ބަޔަކު ކޮށްފިޔާ ބައިނަލް އަގުވާމީއާ ހިލާފު ޖޯކް

  3. ސާމިރު

    ބައިނަލްއަޤްވާމީއޭ ކިޔަކިޔާ ހުއްޓާ މިކުއްތާވެސް އެކުސިޑެންވެ ބުރަކަށި ބިންދައިންގެސްގޮސް މަރުވެ އެކޮޅު ކޮޅުން ޖަހަންނަމައަށް އެއްލާލެވި ތާއަބަދު ނަރަކައިގެ ވޭންދެނިވިޢަޒާބު ލައްވަވާދޭން. ( އާމީން )

  4. މުޙައްމަދު

    މުސްލިމުންނ ނައްތާލަން ޔަހޫދީން ކުރަމުންދާ ހަނގުރާމައަކީ ބައިނަލަގުވާމީ ހަމަތަކުގެ ތެރެއިން ކުރާ ހަނގުރާމަކަން އެނގޭ. މުސްލިމުން އެމީހުންގެ ހައްގު ހޯދަން ކުރާ މަސައްކަތަކީ ޓެރަރިޒަމް. މާތް ﷲ ތިބައިގަނޑު ނިކަމެތި ކުރައްވާ ދެދުނިޔެ ގެއްލުވާނދޭވެ. އާމީން

  5. އިސްޢާފް ސަލީމް

    އަޅުކަންކުރާ ތަންތަނަށާ ، ހޮސްޕިޓަލްތަކަށާ ، ސުކޫލުތަކަށާ ، ޢާއްމުންގެ ގެދޮރަށް ބޮންއަޅާ ބިމާހަމަކޮށް ކުޑަކުދިންނާ އަންހެނުންނާ ، ހަނގުރަމައާ ގުޅުމެއްނެތް ޢާއްމުން ވެވުނުހާ ގިނަޢަދަދަކަށް މަރާކަށް ބައިނަލް އަޤުވާމީ ޤާނޫނު ތަން ނުދޭ! މާތް ﷲ އީ މުސްލިމުންގެ ބެލެނިވެރި ފަރާތް! މުސްލިމުންނަށް ގެއްލުންދޭބަޔެއްގެމައްޗަށް އެކަލާންގެ ކޯފާ ނައިސް ނުދާނެ! އެދުވަސް އިންޝާﷲ ދަދި އަވަހަށް ކަލޭމެންނަށް ފެންނާނެ!