ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ޔުނިވާސިޓީ އޮފް ސަދާން ފުލޮރިޑާ ގައި ބޭއްވި މުޒާހަރާގައި ފުލުހުން ދަރިވަރުންނަށް ހަމަލާދީފިއެވެ.

ދެކުނު ފުލޮރިޑާގެ ޓެމްޕާ ސަހަރުގައި ހުންނަ ޔުނިވާސިޓީ އޮފް ސަދާން ފުލޮރިޑާގެ ދަރިވަރުން ވަނީ ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް ކުރުމަށް އެ ޔުނިވާސިޓީގެ ކެމްޕަހުގައި ކޭމްޕު ޖަހާފައެވެ.

ނަމަވެސް ފުލޮރިޑާގެ ފުލުހުން ވަނީ މި މުޒާހަރާތައް ރޫޅާލާފައެވެ. އަދި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ ކަމާ އެކަށީގެން ނުވާ ބާރުގެ ބޭނުން ކޮށްފައި ކަމަށް އެމެރިކާގެ މީޑިއާތަކުން މައުލޫމާތުދެއެވެ. ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ކުރި މި މުޒާހަރާތައް ފުލުހުން ރޫޅާލާފައި ވަނީ މުޒާހަރާގައި ތިބި ދަރިވަރުންނަށް ކަރުނު ގޭސްފަދަ ހަތިޔާރުން ހަމަލާދިނުމަށް ފަހުއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގަައި ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުގެ ގިނަ ޔުނިވާސިޓީތަކުގައި ދަރިވަރުން ދަނީ މުޒާހަރާތައް ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ ފުލުހުން މިހާރު ދަނީ ބާރުގެ ބޭނުން ކޮށްގެން މި ސުލްހަވެރި އެއްވުންތައް ރޫޅާލަމުންނެވެ.

އެ ގޮތުން އެމެރިކާގެ ނިއުޔޯކްގައި ހުންނަ ކޮލަމްބިއާ ޔުނިވާސިޓީ ގައި ކުރިއަށްދާ ސުލްހަވެރި އެއްވުން ރޫޅާލުމަށް އެމެރިކާގެ ފުލުހުން ހަތިޔާރާ އެކީ މިހާރު ވަނީ އެ ޔުނިވާސިޓީގެ ކޮމްޕައުންޑަށް ވަދެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޗާ

    ކަލޯ ކޮބާ ތިކިޔާ ދިމޮކުރަސީ. ކަމެއް ދިމާ ވީމަ ހަ ޖަންގަލީގެ އުސޫލު.ކޮންމެ ހެނެއްވިޔަސް އިޒުރާއީލު މުހިންމީދޯ.

  2. ޙެހެހ

    ރާއްޖެއިން އެބަޖެހޭ އެމެރިކާއަށްވެސް ބަސްބުނަން