އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަށް ހަމަލާދޭން އުޅުނު އެގައުމުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ 58 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ އިސްރާއީލުގެ ވެރިރަށް، ޓެލް އަވިވްގައި ނަތަންޔާހޫ ދަތުރު ކުރަމުން ދިޔަ ކާރަށް ހަމަލާދޭން އުޅުނު މައްސަލައިގައެވެ. ނަތަންޔާހޫއަށް އޭނާ ހަމަލާދޭން އުޅުނުއިރު، އޭނާ ދަތުރު ކުރަމުން ދިޔައީ ވެސް ސެކިއުރިޓިއާއި އެކުއެވެ.

މިހާދިސާއާއި ގުޅޭ އިތުރު މައުލުމާތެއް މީޑިއާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ބައެއް މީޑިއާތަކުން ވަނީ ހައްޔަރު ކުރި މީހާ ޖަލަށް ލާނެ ކަމަށް ވެސް ބުނެފައެވެ. އެހެން ނަމަވެސް އަދި އެކަން ކަށަވަރުވެފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި ގުޅިގެން އިސްރާއީލް ހިމެނޭހެން ގިނަ ގައުމުތަކުން އެތަކެއް ބަޔަކު އަންނަނީ އިސްރާއީލާއި، ބޮޑު ވަޒީރު، ނަތަންޔާހޫއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގައުމުގައި އޭނާއަށް ހަމަލާދޭން އުޅެފައިވަނީ ވެސް އިސްރާއީލުން ހިންގާ އަމަލުތައް ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް ތާއިދު ކުރާ މީހެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޗާ

    ނަތަންޔާހު ކަލޭ މަރާނީ ކަލޭގެ މީން.ކަލޭ ކާމިޔަބު ވެރިކަމެއް ކުރަން ތިކުރާތަ ކަމަކީ ފަލަސް ތީނު މީހުން ހަގުރާމަޔޭ ކިޔާފަ މެރުން.