ފިލިޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސިސްމޮލޮޖީން ބުނީ ފިލިޕީންސްގެ މެދުތެރޭގެ ލެއިޓް ޕްރޮވިންސަށް 6.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެ ގައުމުގެ ގަޑިން ހުކުރު ދުވަހު ހަވީރު 6:16 ހާއިރު އައި މި ބިންހެލުން އައިސްފައިވަނީ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ދުލާގްގެ އިރު ދެކުނުން ގާތްގަނޑަކަށް 32 ކިލޯމީޓަރު ދުރުން، އަށް ކިލޯމީޓަރު އަޑިން ކަމަށެވެ.

އެ އިންސްޓިޓިއުޓުން ބުނެފައިވާގޮތުގައި މި ބިންހެލުމުގެ ސަބަބުން އާފްޓާޝޮކްތައް އުފެދި ގެއްލުންވާނެ ކަމަށް ބެލެވެއެވެ. އަދި ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް ވެސް ބިންހެލުން އިހުސާސް ކުރެވުނު ކަމަށްވެސް ބުނެފައި ވެއެވެ.

ޕެސިފިކް "ރިންގް އޮފް ފަޔާ" ކައިރީގައި އޮންނަ ސަރަހައްދުގެ ސަބަބުން ފިލިޕީންސްއަކީ ވަރަށް ގިނައިން ސިސްމިކް ހަރަކާތްތައް ހިންގަމުން އަންނަ ސަރަހައްދެކެވެ.