ވޯޓުލާއިރު ފޮޓޯ އައިޑީ ދައްކަން ޖެހޭ ގޮތަށް ހެދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކައުންސިލް އިންތިހާބުގެ ވޯޓުލުމަށް އައިޑީ ގެންނަން ހަނދާން ނެތުމުން، ވޯޓުލާ މަރުކަޒަކުން ފޮނުވާލައިފިއެެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޖޯންސަން އެންމެ ފުރަތަމަ އަނބުރާ ފޮނުވާލީ ހުކުރު ދުވަހު އިންގްލެންޑްގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ ކައުންސިލް އިންތިހާބުގައި ވޯޓްލާން އުޅުމުގެ ތެރޭގައި ދެކުނު އިންގްލެންޑްގެ އޮކްސްފޯޑްޝަޔާގެ ވޯޓުލާ މަރުކަޒަކުންނެވެ.

ތަރުޖަމާނު ވިދާޅުވީ އޭނާ ކޮންޒަވޭޓިވް އަށް ވޯޓު ދެއްވި ކަމަށެވެ. ނަމަވެސް ވޯޓުލާން ދިއުމުން ފުރަތަމަ ފަހަރު އޭނާއަށް ފޮޓޯ އައިޑީ ނުދެއްކުނު ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވާފައެއް ނުވެއެވެ.

ބޮޑުވަޒީރުގެ ހައިސިއްޔަތުން ޖޯންސަންގެ ސަރުކާރުން 2022 ވަނަ އަހަރު އައިޑީ ރިކުއަމަންޓް ތައާރަފްކުރީ ވޯޓާސް އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

މީގެ ކުރިން ވޯޓުލާ މީހުން ވޯޓު ލާން ޖެހެނީ ހަމައެކަނި ނަމާއި އެޑްރެސް ދޭށެވެ.

2021 ވަނަ އަހަރު އެކުލަވާލި އާ އުސޫލާ ބެހޭ ގޮތުން ޖޯންސަން ވިދާޅުވެފައި ވަނީ ފުރަތަމަ ފަހަރަށް ވޯޓުލާ މީހުން އައިޑެންޓިޓީގެ ބައެއް ހެކީގެ ގޮތުގައި ހުށަހަޅަން އެންގުމަކީ ބޭއިންސާފެއް ނޫން ކަމަށެވެ.

އާ އުސޫލަށް އަމަލުކުރަން ފެށި ފުރަތަމަ ވޯޓުގައި އިންގްލެންޑުގެ 14،000 އެއްހާ މީހުންނަށް އައިޑީ ފޯރުކޮށްނުދެވުމުން ލޯކަލް އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.