ބްރެޒިލްއަށް ބޯކޮށް ވާރޭވެހި، 56 މީހަކު މަރުވެ އެތަށް ބަޔަކު ގެއްލިއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ބްރެޒިލްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވަނީ އެގައުމުގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ރިއޯ ގްރޭންޑޭގައެވެ. މި ހާދިސާގައި 56 މީހަކު މަރުވެފައިވާއިރު، 74 މީހަކަށް އެކިވަރުގެ އަނިޔާތައްވެ 67 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެ ސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން 420،000 އަށްވުރެ ގިނަ ބައެއް ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށާއި، 32،000 އަށްވުރެ ގިނަ މީހަކު ގެދޮރު ގެއްލި، އެތަކެއް ގެއަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށް އެގައުމުގެ ސިވިލް އޮތޯރިޓީން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާ އެއްކޮށް ކަހަލަ ގޮތަކަށް އެ ސްޓޭޓަށް ބޯކޮށް ވާރޭވެހުމުން އަންނައިރު، އެސްޓޭޓުގެ 6 ސަރަހައްދަކަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މި ހާދިސާގައި ކޯރެއް ވެސް ބަންޑުން ޖަހާލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެސްޓޭޓުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު، 2،300 އެއްހާ ސްކޫލެއް ބަންދުކޮށް، 68 ހައިވޭ މަގުތައް ހިމެނޭހެން ގިނަ މަގުތަކެއް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ހިސާބުތަކުގެ މަގުތައް ކަނޑައިގެން ގޮސް، ކަރަންޓުގެ ހިދުމަތް ވެސް ވަނީ ކެނޑިފައެވެ.