ފަލަސްތީނުގެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕުގެ ހުޅަނގުން އޮންނަ ފައްލޫޖާ ސަރަހައްދުގައި ފެން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޮންޓެއިނަރުތަކަށް ފެން އެޅުމުގެ މަސައްކަތުގައި އުޅުނު ފަލަސްތީނުގެ ބަޔަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ޖުމްލަ އަށް މީހަކު ހިމެނޭއިރު، 10 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އަމާން ސަރަޙައްދެއްގެ ގޮތުގައި ބެލެވޭ ފައްލޫޖާ ސަރަހައްދަށް، ކުއްލިއަކަށް އިސްރާއީލުން ބޮން އެޅި. ދާންވީ ތަނެއް ނޭނގޭ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

އެ ހަމަލާގެ ސަބަބުން އެ ސަރަހައްދު ލެއިން ތަތްތެޅިފައިވާ ތަނަކަށް ވަނީ ބަދަލުވެފައެވެ. އަދި ބޮން ގޮއްވާލި ސަރަހައްދުގެ ފިހާރަތަކަށާއި ގެތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.