އެކި މީހުން ތަފާތު ވަނީ އެކި ސަބަބާހުރެއެވެ. ބައެއް މީހުން ކުރާ ކަންތަކުގެ ސަބަބުން އެހެން މީހުންގެ ތެރޭގައި އެމީހާއަށް އޮންނަ ޤަދަރާއި ލޯބި އުފުލިގެންދެއެވެ. އެއިޑް އަބޯ އަމްރޯ އަކީ މީގެ ތެރެއިން އެކަކެވެ.
ޣައްޒާއަށް އުފަން އަބޯގެ އުންމީދަކީ ޣައްޒާގެ ހަމަ ކޮންމެ ރައްޔިތެއްގެވެސް އުންމީދެވެ. އިސްރާއީލްގެ ހަރުކަށިކަމުން ސަލާމަތްވުމެވެ. މިކަން ކުރުމަށް އަބޯވަނީ ސީދާ މައިދާނަށް ނިކުމެފައެވެ. އިސްރާޢީލްގެ ހަރުކަށި ސިފައިންގެ އުންޑަތަކަށް ބިރެއްނެތި އަބޯ ނިކުތީ ވަރަށްވެސް ކެރިގެންނެވެ. ފަލަސްތީންގެ ދިދަ ހިފައިގެ އަބޯ ހަރަކާތްތެރިވި މަންޒަރު ދައްކުވައިދިން ފޮޓޯ އަކުން އަބޯއަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ.
ޣައްޒާއަށް މިނިވަންކަން ހޯދައިދިނުމަށް ކޮންމެ ދުވަހަކުވެސް މުޒާހަރާ ކުރަމުން އަންނަ އަބޯގެ ގަޔަށް ބަޑިއެއް ޖަހާ ޒަޚަމްކޮށްލާފައެވެ. މުޒާހަރާގައި އަބޯ ޒަޚަމްކޮށްލާފައިވާއިރު، މިދިޔަ މަހު "އަލްޖަޒީރާ" އަށް ދިން އިންޓަރވިއުއެއްގައި އަބޯ ބުނެފައިވަނީ މިނިވަންކަމަށް ކަމަށްޓަކައި ޖާނު ޤުރުބާން ކޮށްލަން ޖެހުނަސް އެކަމާ ފަސް ނުޖެހޭނެ ކަމަށެވެ. އަދި ފަލަސްތީންގެ ދިދަ ދަށުގައި ހުރެ މަރުވުމަކީ ލިބޭ ބޮޑު ފަޚްރެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާއިލް މީހުންގެ އަޅުވެތިކަމުން މާރިޗް މަހުން ފެށިގެން ޣައްޒާގެ ބޯޑަރގައި ކުރަމުން އަންނަ މުޒާހަރާގައި މިހާތަނަށް ބަޑިޖަހާ 200 މީހުން މަރާލާފައިވާއިރު، ގިނަ އަދަދެއްގެ ނޫސްވެރިންނާއި އިންސާނީ އެހީ ފޮރުކޮށްދޭ ބަޔަކުވަނީ ޒަޚަމްކޮށްލާފައެވެ.
ޔާﷲ. މި ހިތްވަރުގަދަ ޒުވާނާގެ މަޤްޞަދު ޙާޞިލްކޮށްދޭއްވަދޭވެ!. އަދި ފަލަސްޠީންގެ ރައްޔިތުންނަށް އަނިޔާވެރިވާ އިޒްރޭލް އަނިޔާވެރިނަށް ދުނިޔެއަށް ތަޖުރިބާއަކަށް ވާނޭފަދަ ވޭންގަދަ އަނިޔާވެރި ކޯފާއެއް ލައްވަދޭޥޭ. އެއަނިޔައަކީ ލޫޠޫގެ ޤައުމަށޤ ފޮނުއްވިފަދަ އަލިފަާނުގެ ހިލައިގެ ވާރޭއެއް ކަމުގައި ލައްވާ އިޒްރޭލްގެ ނަން މިދުނިޔޭގެ ބިމުން ފޮއްސަވާދޭވޭ! އަމީން
ޢާމީން
އާމީން.. އަދި މުސްލިމުންގެ ވަރުގަދަ ލަށްކަރެއް ލައްވަވާނދޭވެ.
އާމީން
މިޒުވާނާއަށް ކާމިޔާބު ދެއްވާނދޭވެ! މޮޅުވުމަކީ ކާމިޔާބެކެވެ. ދީނަށް ނަޞްރު ދިނުމުގައި ޝަހީދު ވުމަކީ ދުވަހަކު ވެސް ފުހެވިނުދާނެ ކާމިޔާބެކެވެ. އާމީން!
ތިހެން ދުއާ ކުރާތާކޮން ޒަމާނެއް.
ދުޢާގެ ބޭނުމެއް ވިސްނޭނީ ފުރަތަމއިނުންވެސް ހެއްދެވި ފަރާތަކާ ނުލާ އަމިއްލައަށް އުފެދުނު ކަމަށް ޤަބޫލުކުރާ ޢަލްމާނީ ފިކުރު އިސްލާޙުކޮށްގެން ކަމަށް ފެނޭ.
ޥަރުގަދަފަހުލަވާނެއް