އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިންގެ ހަމަލާތަކުގައި ހުކުރު ދުވަހު ފަލަސްތީނުގެ ރައްޔިތުން ކުރި އިހުތިޖާޖުގައި ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ މެޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފިއެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނޭއިރު އެކުއްޖާގެ މެޔަށް ވަޒަން އެރުމުގެ ސަބަބުން މިހާރު ދަނީ ފަރުވާދެމުން ކަމަށެވެ. އިއްްޔެ ބޭއްވި މުޒާހަރާގައި މުޅި ޖުމުލަ 20 މީހަކު ޒަހަމްކޮށްލައިފައިވެއެވެ.

ސަރަހައްދީ ރޮނގު ކައިރިގައި އިއްޔެ ކުރި އިހުތިޖާޖުގައި ފަލަސްތީނުގެ އެތައް ހާސް އާންމުންނެއް ބައިވެރިވިއެވެ.އިހުތިޖާޖުގެ ބައިވެރިންނަށް އިސްރާއީލުގެ ސިފައިން ހަމަލާދިންއިރު، އިހުތިޖާޖުގެ ބައިވެރިން ތިބީ ސަރަހައްދީ ރޮނގު ވަކިކުރާ ފެންސަށްވުރެ ފަހަތުގައި ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ފުރަތަމަ ގިބްލަ ހުރި ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

މި ޖަރީމާތަަށް ކުށްވެރި ކުރުން ފިޔަވާ އިތުރު ކަމެއް އދ އިން ނުކުރެއެވެ. ދާދި ފަހުން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 240 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 22000 ވުރެން މައްޗަށް އަރައެވެ.

އިސްރާއީލުން ފަލަސްތީނުގެ އެތަށް ބަޔަކު ޝަހީދު ކުރަމުންދާއިރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ އަތުން އަތުލައިގަނެފައިވާ ބިންތަކުގައި އިސްރާއިލުން، އިސްރާއިލުގެ ރައްޔިތުން ވަޒަންވެރިކުރުވުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.، އެ މައްސަކަތް ހުއްޓައިލުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުވެސް ވަނީ ފާސްކޮށްފައެވެ.