12:16

ސުނާމީ އެރުމުގެ ފުރުސަތު މިހާރު ކުޑަކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފި.

11:56

11:28

ސުނާމީގެ އިންޒާރު ދީފައިވާ ގައުމުތަކާއި ސަރަހައްދުތަކުގެ އަދަދު 60 އަށް އަރައިފި.

10:59

ވެނުއަޓޫ ކައިރިން 2.4 ފޫޓްގެ ސުނާމީއެއް އުފެދިފައިވާކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފި.

10:40

އިތުރު ހަތް ބިންހެލުމެއް ނިއު ކެލެޑޯނިއާ އަށް އަތުވެއްޖެ. ބޮޑު ބިންހެލުން އައިތާ ގަޑިއެއްހާއިރު ތެރޭގައި ވަނީ 5.9 މެގްނެޓިއުޑްގެ ދެބިންހެލުމާއި 5.7 މެގްނެޓިއުޑްގެ ބިންހެލުމަކާއި 5.6 މެގްނެޓިއުޑްގެ ބިންހެލުމަކާއި 5.3 މެގްނެޓިއުޑްގެ ބިންހެލުމަކާއި 5.2 މެގްނެޓިއުޑްގެ ބިންހެލުމަކާއި 4.9 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައި.

10:35

ސުނާމީގެ އެއްވެސް ނުރައްކަލެއް ދިވެހިރާއްޖެއަކަށް ނެތް.

10:32

އެންމެ ފަހުގެ އިންޒާރު ބުނާ ގޮތުން ނިއު ކެލަޑޯނިއާ އާއި ވަނުއަޓޫ އަށް 1-3 މީޓަރުގެ ސުނާމީ އެރުން އެކަށީގެންވޭ. ފިޖީ އަށް 0.3 މީޓަރާއި 1 މީޓަރާއި ދެމެދުގެ ސުނާމީ އެރުން ގާތް. އެހެން ގައުމުތަކަށް އެރުން އެކަށީގެންވަނީ 0.3 މީޓަރަށް ވުރެ ކުދި ރާޅުތައް. އޭގެތެރޭގައި އިންޑޮނޭޝިއާ، ޗައިނާ، ފިލިޕީންސް، އޮސްޓްރޭލިއާ، ކޮލަމްބިއާ، އިކުއެޑޯ، ގުއާމް، ހަވާއީ، ގުއަޓަމެލާ، ޖަޕާން، މެކްސިކޯ، ޕެނަމާ، ޕެރޫ، ޕަޕާ ނިއުގިނީ، ނިއުޒިލޭންޑް، ސޮލަމަން އައިލެންޑްސް، ޓައިވާން، ޓޮންގާ ހިމެނޭ.

10:25

ސުނާމީ އަރާފާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފައިވާ ގައުމުތަކުގެ އަދަދު 54 އަށް އިތުރު ކޮށްފި.

10:22

ލޯޔަލިޓީ އައިލެންޑް ސަރަހައްދުން ސުނާމީގެ ރާޅުތައް ފެނިފައިވާކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފި. ރާޅުތައް ފެނުމުން ނެރުނު އިތުރު އިންޒާރެއްގައި ވެސް ބުނެފައި ވަނީ ގެއްލުން ބޮޑު ސުނާމީއެއް އެރުމުގެ ފުރުސަތު ބޮޑު ކަމަށް.

10:17

ދެގައުމަކަށް 1 މީޓަރާއި 3 މީޓަރާއި ދެމެދުގެ ސުނާމީއެއް އެރުމުގެ ފުރުސަތު އެބައޮތް. އެއީ ނިއު ކެލަޑޯނިއާ އާއި ވަނުއަޓޫ. 0.3 މީޓަރާއި 1 މީޓަރާއި ދެމެދުގެ ސުނާމީއެއް އިންޒާރު ނެރެފައިވާ އެހެން ހުރިހާ ސަރަހައްދަކަށް އެރުމުގެ ފުރުސަތު އެބައޮތް.

10:13

10:07

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ދެންމެ ބުނީ ސުނާމީގެ ރާޅުތައް އުފެދިފައިވާ ކަމަށް.

09:47

ފުރަތަމަ ބިންހެލުން އައިސްފައި ވަނީ 6 މެގްނެޓިއުޑްގައި. އޭގެ ހަތަރު ގަޑިއެއްހާއިރު ފަހުން ވަނީ ބާރުގަދަ ބިންހެލުން އައިސްފައި. އެބިންހެލުން އައީ 7.6 މެގްނެޓިއުޑްގައި ކަމަށް ވީނަމަވެސް މިހާރު ވަނީ ބިންހެލުމުގެ ބާރު މިން 7.5 މެގްނެޓިއުޑަށް ދަށްކޮށްފައި.

ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ އަކަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން އެސަރަހައްދަށް ސުނާމީގެ އިންޒާރު ދީފިއެވެ.

ބިންހެލުން އައިސްފައި ވަނީ ނިއު ކެލެޑޯނިއާ އަށެވެ. ބިންހެލުމުގެ ބާރުމިން ހުރީ 7.6 މެގްނެޓިޑްގައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައި ވަނީ ބިންހެލުން އައި ސަރަހައްދާއި ވަށައިގެން 1000 ކިލޯމީޓަރުގެ ސަރަހައްދަށެވެ.

ގެއްލުން ބޮޑު ސުނާމީއެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބޫ

    ގައިސް ނޯ ވޮރީ . ލެޓްސް ޕާރޓީ. ވެލްކަމް ޓު ޖަޒީރާ ރާއްޖެ.