މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވުމަށް އުޅުމުގެ ތެރޭގައި ދެ ބޯޓެއް ޣަރަގުވެ 170 އަށް ވުރެން ގިނަ ހިޖުރަވެރީން މަރުވެއްޖެއެވެ.

މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވުމަށް އުޅުމުގެ ތެރޭގައި އަރަގުވި ބޯޓަކުން ގެއްލުނު ރެފިއުޖީން ތަކެއް ސްޕެއިން އަދި މޮރޮކޯގެ ކަނޑުގެ ސިފައިން ހޯދަމުން ދަނިކޮށް އިއްޔެ އިޓަލީގެ ސިފައިން ވަނީ 117 މީހުންނާއި އެކު ދަތުރު ކުރި ބޯޓެއް މެޑިޓަރޭނިއަން ކަނޑަށް ޣަރަގުވި ކަމަަށް ރިޕޯޓް ކޮށްފައެވެ.

ދެ ބޯޓުން ދަތުރު ކުރި ތިން މީހަކު ސަލާމަތް ކޮށްފައިވާއިރު މިހާތަނަށް 170 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މަންޒަރު ފެނުނު ފަރާތްތަކުން ބުނަނީ އެ ބޯޓްގައި ގާތްގަނޑަކަށް 130 މީހުން ތިބޭނޭ ކަމަށެވެ.

2008 ވަނަ އަހަރު އެކަނިވެސް މެޑިޓަރޭނިއަން ކަނޑަށް ގެނބިގެން 22000 އަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށް އދގެ ރެފިއުޖީ އޭޖެންސީން ބުނެފިއެވެ.

މި ހާދިސާގައި އެތައް އާއިލާއެއް ތުއްތު ދަރިންނާއެކު ގެނބިގެން މަރުވެފައިވާއިރު މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަކީ ދަތުރުފަތުރު ކުރުމުގައި ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް މަގެވެ.

އދގެ ރެފިއުޖީ އޭޖެންސީން ނެރުނު ރިޕޯޓްގައި، ކަނޑުމަތީގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތައް ލޮލުން ދެކެފައިވާ މީހުންގެ ވާހަކަތައްވެސް ހިމަނާފައި ވެއެވެ. އަދި ބައެއް މީހުން އެމީހުންގެ ލޯބިވާ މީހުންނާއި، ރަހްމަތްތެރިން ގެނބި މަރުވެގެންދިޔަ މަންޒަރުތައް ސިފަކޮށްފައި ވެއެވެ.

އދއިން ބުނެފައިވަނީ، މިއަހަރުގެ މިހާތަނަށް މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވުމަށް 4,200 މީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކުން މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އެކުވެސް ގާތްގަނޑަކަށް 170 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު ހަބަރު ލިބޭގޮތުގައި، ހިޖުރަވެރިން ގޮވައިގެން އިއްޔެ ހެނދުނު ލީބިޔާއިން އެކުއެކުގައި 3 ބޯޓް ފުރިއެވެ.