ސީރިއާގެ އިރުމަތީ ޣޫތާގައި އެތަން އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށުން ހިމާޔަތް ކުރުމަށް ބުނެ ހަނގުރާމަ ކުރާ ސިފައިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެޤައުމުގެ ރައީސް ބައްޝާރުލް އަސަދު ހަނގުރާމަ ހިނގަމުންދާ ސަރަހައްދަށް ޒިޔާރަތްކޮށްފިއެވެ.

ސިފައިންނަށް ހިތްވަރު ދެއްވަވާ އަސަދު ވިދާޅުވިގޮތުގައި ވެރިކަން ހިމާާޔަތް ކުރުމަށް ސިފައިން ކުރައްވަނީ ޝުކުރު ޙައްޤު މަސައްކަތެއްކަމާއި އަންނަން އޮތް ޖީލަށް ސީރިޔާގެ ސިފައިން ދަނީ ނަމޫނާ ދައްކަމުންކަމަށް ކަމުގައެވެ. މީގެ އިތުރުން އަސަދުވަނީ އިރުމަތީ ޣޫތާގެ ބިމުން ހޯދޭ ކޮންމެ ފޫޓަކީ ސިފައިންގެ ބުރަ މަސައްކަތް ކަމުގައި ވިދާ:ވެ، މަސައްކަތް ކުރިޔަށް ގެންދާ ސުޕީޑްގައި ކުރިޔަށް ގެންދިއުމަށް ގޮވާލައްވާފައެވެ.

ސީރިޔާގެ އިރުމަތީ ޣޫތާއަށް އެޤައުމުގެ އަސްކަރިއްޔާ އިން މިހާރު ދެމުން ހަމަލާތަކުގައި އެތައް އާމުންނާއި ކުޑަކުދިން މަރުވެފައިވާއިރު، ހަނގުރާ އަދިވެސް ކުރިޔަށް ދާކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ސީރިޔާއަށް މަދަދުވެރިވާ ރަޝިޔާގެ ފުރިހަމަ ތާއީދާއެކު ހަމަލާ ދިނުން ހުއްޓާލުމަށް މުއްދަތެއް ކަނޑައަޅާފައިވީނަމަވެސް، އަސަދުގެ ފައުޖުތަކުންވަނީ މި ނިންމުމާ ޚިލާފުވެމ އަދި، ހަނގުރާމަ އިތުރަށް ކުރިއަށް އަދިވެސް ދަނީ ގެންދަމުންނެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޣޫތާ އަށް ސީރިއާ ސިފައިން ހަމަލާދޭން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އަދި މިހަމަލާތަކުގައި މިހާތަނަށް ވަނީ އިރުމަތީ ޣޫތާގެ އާއްމުންގެ 1،400 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި އެހިސާބުގެ 80% ވަނީ ސިފައިންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.