މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ މާދަމާ އޮސްޓްރޭލިއާގައި ދެއްވަން އޮތް އާއްމު ތަގްރީރަކާއި ސުވާލާއި ޖަވާބު ސެޝަނެއް ކެންސަލް ކުރައްވަވާފިއެވެ. ސޫކީ މިގޮތަށް ކަންތައް ކުރެއްވީ ސިއްޙީ ހާލުކޮޅު ރަނގަޅު ނޫންކަމަށް ވިދާޅުވެއެވެ.

އާސިއަން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ސޫކީއަށް ސަމިޓް ތެރޭންވެސް ވަނީ ބޮޑަތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

.

ސޫކީ މިއަދު ވަނީ ބޮޑު ވަޒީރު މެލްކޮމް ޓާންބުލްއާ ބައްދަލު ކުރެއްވުމަށް ކެމްބަރާ އަށް ވަޑައިގެންފައިވާއިރު އޮސްޓްރޭލިއާ އަށް ސޫކީ ކުރެއްވި ދަތުރާ ދިމާކޮށް އެ ގައުމުގެ ގާނޫނީ ވަކީލުންތަކެއް ވަނީ ސޫކީއާ ދެކޮޅަށް ދައުވާ ކުރަން ވެސް ހުށަހަޅައިފަ އެވެ. އަދި ސޫކީ މީޑިޔާތަކާއެކު މިޤައުމަށް ވަޑައިގަތްފަހުން ބާއްވާ ފުރަތަމަ ބައްދަލުވުން ކެންސަލް ކުރުމާއެކު، ސޫކީ މީޑިޔާތަކަށް ފިއްލެވީ ކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސޫކީއަށްދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙގފ

    ތިޔަހެން ހެންސާނީ ހައްގުތަކޭ ކިޔައިގެން މެޑެލްޖަހައިގެން އުޅޭ މީހެއް މިގަުމުގަވެސް އުޅުނު. ޟިހާރު ރައްކާވެއްޖެ

  2. Anonymous

    ތިހެން ފިލައިގެން އުޅެވޭނީ ވަކިވަރަކަށް ފިލާއޮތަސް ގެންދާނެ

  3. ހުސޭނުބޭ

    ދިމޮކްރަސީ މެޑެލް ދެވުނުލެއް މަދީ!

  4. ވެނީ

    ތީގެ ދެވަނަ މީހަކީ މަގައުމުގަ މީހެކުރިން ވެރިކަންކުރި ނަޝީދު މިހާރުވަނީ ފިއްވަލާފައި