ދުނިޔޭގެ ތާރީޚްގައި ވެސް އުފެދުނު އެންމެ ނުރައްކާތެރި ނިރުބުވެރި ޖަމާޢަތް ކަމަށްވާ އައިއެސްގެ ބާރުގެ ދަށުގައި އެންމެ ފަހުން އޮތް ސީރިއާގެ ސަރަހައްދު ވެސް އެޖަމާޢަތުގެ އަތްދަށުން ބީވެ، އައިއެސް ޖަމާޢަތް ހަނގުރާމައިގެ މައިދާނުގައި ބަލިވެއްޖެއެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އައިސްގެ އަތްދަށުގައި އެންމެ ފަހުން އޮތް އަވަށަށް ފާއިތުވި ފަސް ދުވަހު އެމެރިކާ އާއި، އެމެރިކާއަށް ވާގިވެރިވާ ހަނގުރާމަވެރިން ދިން ހަމަލާތަކުގެ ސަބަބުން އައިއެސްގެ އަތްދަށުން ވަނީ މިނިވަން ވެފައެވެ.

ބަޣުއޫޒް ނަމަކަށް ކިޔާ އަވަށުގައި އައިއެސް ހަނގުރާމަވެރިން ބަންދުވެފައި ވަނިކޮށް އެއަވަށުގެ ހަތަރު ފަރާތުން ވަނީ ހަމަލާތައް ދީފައެވެ. އެހެންކަމުން އެއްވެސް ދިމާއަކުން ފިލައިގެން ދިއުމުގެ ފުރުސަތު ވެސް އައިއެސްގެ ހަނގުރާމަވެރިންނަށް ނުލިބުނެވެ.

އައިއެސް ޖަމާޢަތް ބަލިވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

އައިއެސް ޖަމާޢަތް ބަލިވިކަމުގެ އުފާ ދުނިޔޭގެ ލީޑަރުން ފާހަގަ ކުރި ނަމަވެސް ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަދިވެސް އައިއެސްގެ ނުރައްކާ ކުޑައެއް ނުވެއެވެ. އައިއެސްގެ އުސޫލުތައް ގަބޫލުކުރާ ހަނގުރާމަވެރިންގެ ހަމަލާތައް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ދިނުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

މިއަދު އައިއެސް ޖަމާޢަތް ބަލިވެގެން ދިޔައިރު މުޅި ސީރިއާ އޮތީ ސުންނާފަތިވެފައެވެ. އެތައް މިލިއަން ބަޔަކުގެ ގެދޮރު ގެއްލި ކުރިއަށް އޮތް ގަރުނެއްގެ ތެރޭގައި ވެސް އާރާސްތު ނުކުރެވޭ ވަރަށް އިމާރާތްތައް ވަނީ ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނުރަބޯ

    ސޫރިޔާ މުޅިން ސުންނާފަތިވެ އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ހިޖުރަކުރުމުގެ ސަބަބުން ދުނިޔެ އަށް ރެފިޔުޖީ ބޮޑު ކާރިސާއެއް ކުރިމަތިވީ އައިއެސްގެ ސަބަބަކުން ނޫނެވެ. އެއީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް އަޑީގައި ތިބެ ޢަރަބި ބައެއްގައުމު ތަކުން ސޫރިޔާގެ ރައީސް ބައްޝާރުގެ ވެރިކަން ނިންމަން ކުރިމަސައްކަތަށް ރަޝިޔާ އިން ހުރަސް އަޅާ، ބައްޝާރަށް މަދަދު ދޭންފެށުމުން ހަނގުރާމަ ދިގުލައިގެން ދިޔުމުގެ ސަބަބުން ވީގޮތެކެވެ. ޙަގީގަތުގައި އެމެރިކާއިން އައިއެސް ބަލިކުރަނީ ކަމަށްބުނެ އައިއެސް އަށް ހަތިޔާރުދީ މަދަދުދިނީ އެވެ. އައިއެސް ބަލިކޮށް އިނދަޖައްސާލީ ރަޝިޔާއިންނެވެ.

    21
    2
    • ހުދުބޯ

      އޭ މިހިރަ ނުރަބޮލާ. ކަލޭގެ ބޮލުގައި ނުރަޖަހާފަ ތިޔަ ހުރީ ހަމަ ތިޔަފަދަ ގަމާރުކަމެއްގެ މަތީގައި ހުރެތަ؟

      4
      1
  2. އައިނ

    އައިއެސް ބަލިކުރަންށޭ ކިޔާފަ އާންމު މުސްލިމުންގެ ބޮލަށް ބޮން އަޅަނީ. ބަޢުއޫޒް ގައި އެތައް ހާސް ބައެއްގެ ހަށިގަޑުތައް މަތިމައްޗަށް ޖަހާފަ. ފުޮޓޯ ތައް ބަލާފަ ހިތް ފަޅައިގެން ދާވަރުވޭ، ކުޑަ ކުދިން އެކުދިންގެ މަންމަގެ ހަށިގަނޑު ކައިރީގަ ރޯން އެތިބެނީ. ދުނިޔޭގެ އެއްވެސް މީޑިޔާ އެއް ނެތް މި ވާހަކަ ތައް ދައްކާ. އެމެރިކާ ދެކެ ބިރުން

    28
    1
  3. ހުދުބޯ

    ތީ ކިހިނެއް ވާނެ ކަމެއް. ﷲ އަށް ވުރެން ބާރުގަދަ ފަރާތެއް ވާނެތަ؟ ވީއިރު އެންމެ ބާރުގަދަވާނީ އައިސިސް ނޫންތަ. އެއީ ސުންނީން. ދިވެހީން. އަދި ވައިޓް ހައުސްގަ ދިދަވެސް ނަގާނެ ބަލަން ތިބޭ

    20
    10
    • ަޕޕޕ

      އިންށާ ﷲ

  4. ހދ

    ކިހިނެއް އިގެނީ އައިއެސް ބަލި ކޮށްލެވިއްޖެ ކަމެއް. ދުނިޔޭގެ އެކި ގައުމު ތަކުގަ އެބަ އުޅޭ އައިއެސް އަށް ދާއީދު ކުރާ މީހުން. ގިނައީ ރަޝިޔާގަ ތިހެން ކިތަންމެ ފަހަރަކު ބުނެފި އައިއެސް ބަލި ކޮށްލެވިއްޖޭ.

    12
  5. އަލި

    ތީހަމަ ހީވާގޮތް.. އަދިއޮތީ

    11
    • Anonymous

      އެމެރިކާއިން ނެރުނު ހަނގުރާމަވެރި ޖަމާއަތެއް. އެމީހުން ބޭނުންވަނީ ހުރިހާ ގައުމެއް އެމީހުނަށް އަޅުވެތިވާން. ދިވެހިރާއްޖެއަށް 2 މިލިއަން ދޮލަރު، މިއީ މަހަކުން މިގައުމުގެ މީރާއަށް ލިބޭމިންވަރަށްވުރެ މަދުމުންވަރެއް. އެކަމަކު މިގައުމުވެސް މިވަނީ އިސްލާމްދީނުގެ ހާއިނުންގެ މަޅީގަ ޖައްސާފައި.

      1
      2
  6. Anonymous

    އެމެރިކާއިންނާއި އެމީހުންގެ ޒައިނިސްޓުން ދެން ފައިސާފޮއްޗެއްއެމީހުންނަށްއެއްލާނީ އެމީހުންގެ އީމާން ވިއްކާ ގައުމުން ބައެއް އެމީހުންގެ އޝްކަރީ ބޭނުމަށް ދިނުމުން. ދިވެހިރާއްޖެއަށް ޖެހިފައިވަނީ މިދަންތުރަ.

    3
    1
  7. ......

    ސީރިޔާގެ ބިމުން އައި އެސް ގެ ބާރު ނެތިކޮށްލެވިއްޖެ ކަމަށް ވާ ނަމަ، ބުނެވޭނީ ސީރިޔާގަ އައި އެސް ބަލިވެއްޖެޔޭ...އަދި ފަހުން އައުމަކީ އެހެން ކަމެއް...ދުނިޔޭގެ އެއްވެސް ގައުމެއްގަ ނެތް އައި އެސް ގެ ބާރު ހިނގާ ބިމެއް...ދެން ބުނާނީ ކީކޭތޯ..ބަލިވިއްޔޭ ދޯ ކިޔޭނީ...ހަގީގަތަކީ މީ...ބަލި ގަބޫލު ކުރުމަކީ ދެރަ ނިކަމެތި ކަމެއްނޫން...ކިއެއްތަ..؟ހިސާބުނުކުރެވޭ ވަރުގެ ކުރި އެރުމެއް...

    1
    1
  8. .......

    އައި އެސް އެއީ ހައްގު ކަމަށްވާނަމަ އެ ހައްގުގަ ތިބި އާންމުން ހަނާވެގެން ދިޔަ އިރު އެމީހުންގެ އަމީރު އެމީހުން ދޫކޮށް ފިލައިގެން ދިޔައީ ކީއްވެބާ...ދުނިޔެއަށް ވުރެ އަރާމު މަންޒިލަށް ދެވޭނެ ކަމުގެ ޔަގީންކަން ނެތީބާ ހައްގުގެ ދިފާއުގަ މޭ އައްޑަނަޔަކަށް ދިއްނުކުރީ...އޭނަ ފިލާ އޮވެގެން ވީ ކަމެއްވެސް ނެތެއްނު...ކުރި ކަމެއްވެސް ފެންނާކަށްނެތެއްނު...މުސްލިމް ވެރިން ރައްޔިތުން ދޫކޮށް ގޮސް ފިލާފާނެ ކަމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން...މުސްލމްވެރިން އެއަށްވުރެ ﷲ އަށް ބިރުވެތިވާނީ....ބަގުދާދީގެ ފިލުން ދައްކުވައިދެނީ އެއީ އައި އެސް ސަޕޯޓަރުން މި ބުނާފަދަ އިހުލާސްތެރި ކަމެށް ހުރި މީހެއްނޫންކަން....އެތަށް ގޮތަކުން އައި އެސް ގެ ބާތިލްކަން ބަޔާން ކޮށް ދެވިދާނެ...އަދަދު ނޭނގޭހާ ދަލީލުވެސް އެބަހުރި....އެހެނަސް އެއްޗެއް ވިސްނޭނީ ހިތް ތިރި ކަމާ އެކު ވިސްނައިގެންދޯ....

    • ބުރޯ

      ނޭނގޭ ވާހަކަ ނުދައްކާ....ކަލޭ އަށް ކިހިނެއް އެނގެނީ ވީ ގޮތެއް.....