އިރާގުގެ މޫސަލްގެ ނޮއުރޫޒް ޗުއްޓީ ހޭދަކޮށްލުމަަށް އާއިލާތަކެއް ގޮވައިގެން ތިގްރިސް ކޯރުގައި ދަތުރުކުރި ފެރީއެއް ބަންޑުންޖަހާލައި މަރުވި މީހުންގެ އަދަދު 79 އަށް އަރާފައިވާއިރު އެހާދިސާ ހިންގި ގޮތް ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެވެ.

މީސް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ބަޔަކު ތިބި މި ފެރީ ވަރަށް އޮއި ގަދަ ކޯރަށް ކުއްލި ގޮތަކަށް އަރި އަޅާލައެވެ. އޭގެ އިރު ކޮޅެއް ފަހުން މުޅި ފެރީ ކޯރަށް ބަންޑުވެ ގިނަ ބަޔަކު އޮޔާ ދަމައިގަނެއެވެ.

https://twitter.com/zaidbenjamin/status/1108819214813396992?s=19

ވީޑިއޯ އިން ފެންނަ ގޮތުގައި ފެރީ އޮތީ ބަންޑުން ޖަހާލާފައެވެ. ކޯރުގެ އައްސޭރިފަށުގައި ތިބި މީހުން ތިގްރިސް ކޯރަށް ފުންމާލައި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ މަންޒަރު ވީޑިއޯތަކުން ފެނިފައިވާ ކަމަށް ރިޕޯޓަރު ބުނެފައި ވެއެވެ.

މީހުން އަރުވަންޖެހޭ މިންވަރަށް ވުރެ އިތުރަށް އަރުވާފައިވާ ކަމަށް ބެލެވޭ އެ ފެރީގައި 200 އެއްހާ މީހުން ތިބޭނެ ކަމަށް ލަފާކުރެވެއެވެ.

ބަޣްދާދުގައި ހުރި އަލް ޖަޒީރާގެ ރިޕޯޓަރު ބުނެފައި ވަނީ މީސް މީޑިއާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ހިތްދަތި މަންޒަރުތައް ހުރި ކަމަށާއި ފެންނަ ފެނުމުގައި ހާދިސާ ހިނގާފައި ވަނީ ތީމް ޕާކުގައެވެ.