ސްވިޑަންގައި ގުރުއާން އެންދި މައްސަލައިގައި ރުޅި ގަދަވެ އިރާގުގެ ބަޔަކު އެ ގައުމުގައި ހުންނަ ސްވިޑަންގެ އެމްބަސީގައި ރޯކޮށްލައިފިއެވެ.

އިރާގުގެ އެތައް ސަތޭކަ ބަޔަކު ނުކުމެ ސްވިޑަންގެ އެމްބަސީގައި މިއަދު ހެނދުނި ހުޅުޖެހީ ސެކިއުރިޓީ ވެސް ފޫއަޅުވާލައިފައެވެ.

އެތަނުގައި ހުޅު ޖެހިއިރު، މީގެ ދުވަސްކޮޅެއް ކުރިން ވެސް އެ އެމްބަސީއަށް އިރާގުގެ ބަޔަކު ވަދެގަނެ ހަމަނުޖެހެން ހިންގިއެވެ. ނަމަވެސް އެެ ފަހަރު މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހުޅުޖެހުން ކުށްވެރިކޮށް ސްވީޑަންއިން ވަނީ ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ގޮވާލައިފަ އެވެ.

ސްވީޑަންގެ ފޮރިން މިނިސްޓްރީން ބުނީ މި ހާދިސާގައި އެމްބަސީގެ މުވައްޒަފަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ހުޅުޖެހުން އިރާގުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކުށްވެރިކުރައްވައިފައެވެ.

މި ފަހަރު ސްވިޑަންގެ އެމްބަސީ ދޮށަށް ގިނަ ބަޔަކު އެއްވީ ގުރުއާން އެންދުމުން މުޒާހަރާ ކުރުމަށް އިރާގުގެ ނުފޫޒު ގަދަ ދީނީ އިލްމުވެރިޔާ މުގްތަދާ އަލް ސަދުރު ގޮވާލެއްވުމުންނެވެ.

ސްވިޑަންގައި ގުރުއާން އެންދީ އިރާގުގެ މުރުތައްދުވެފައިވާ މީހެކެވެ.

ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން އެންދީ އީދު ދުވަހު ސްވިޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ.

އުމުރުން 37 އަހަރުގެ ސަލްވަންއަކީ ކުރިން މުސްލިމެކެވެ. އަދި އޭނާ ވަނީ އިރާގުން ސްވިޑަންއަށް ހިޖުރަކޮށް ސްވިޑަންގެ ރައްޔިތުކަން ހޯދައިފައެވެ.

ސަލްވަން ބުނާ ގޮތުން އޭނާ މިހާރު އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ.

އޭނާ ވަނީ ގުރުއާން އެންދުމުގެ ކުރިން ގުރުއާނަށް އޫރުގެ މަސް ވެސް އަޅައި އަދި ފައިން ވެސް އަރައިފައެވެ.

ސަލްވަން މޮމިކާ އީދު ދުވަހު ގުރުއާން އެންދިއިރު ސްވިޑަންގެ ފުލުހުން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑިމޮކްރަސީ

    ތީ ތިކަންވާނެ ގޮތް ސަރުކާރުތަކުން ދީނީ ކަންކަމަށް އަރައިގަތުމަށް ހިއްވަރުދީ މިފަދަ ކަންކަން ކުރުވަންޏާ އަދި ތިކަމަށް ހިއްވަރުދޭ ޤަވްމުތަކުގެ ވެރިންގައިގަވެސް ހުޅުޖަހާނެ

    29
    1
  2. ހުސޭނުބޭ

    ހުޅުޖެހުން ކުށްވެރިކޮށް ސްވީޑަންއިން ވަނީ ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ގޮވާލައިފަ އެވެ...............
    ކަލޭމެން އަމިއްލައަށް އަހަރެމެން ރުޅިއަރުވާފައި ފަޅޮލޭ ކިޔާނެކަމެއް ނެތް!

    20
    1
  3. ޒާ

    ޚިޔާލު ފާޅުކުރުން މީވެސް. ހުޅަނގަށް ހަޖަމްވާންޖެހޭނެ.

    15
    1
  4. މ

    އެންބަސީ އެއްދުމުގެ މިނިވަންކަން އޮންނަންވާނެ ކަން އަދި ކިރިޔާ ސުވިޑަނަށް އެންގުނީ

    17
    1
  5. މަހޭސް

    ސުވިޑުން ވެސް އަދި އަނދާ ހުލިވާނެ....

  6. ތިލޭރު

    އުގޫބާތަކީ އާންމުއެއްޗެއް އިބައިލާހުގެ އަމުރު އައުމުން ސްވިޑަނަކަށް ގާސިމަކަށް ކާސިމަކަށް އާދަނަކަށް ޔަހުޔާއަކަށްވެސް ކުރެވޭނެ ކަމެއްނޯންނާނެ ސިކުންތުކޮޅެއް ތެރޭ ނިމިހިނގައިދާނެ ސަދަގަﷲލް އަލީމް .