ދުނިޔޭގައި މިވަގުތު އޮތް ހަމަ އެކަނި ފިރިހެން ހުދު ރައިނޯ މަރުވެއްޖެއެވެ.

އުމުރުން 45 އަހަރުގެ ސުދާން ނަމަކަށް ކިޔާ މި ރައިނޯ މަރުވުމާއެކު މި ވަގުތު ދުނިޔޭ ގައި އޮތީ މި ބާވަތުގެ ދެ އަންހެން ރައިނޯ އެވެ. އަދި މިއާއެކު ހުދު ރައިނޯގެ ނަސްލު ނެތި ނުގޮސް ދެމެހެެއްޓިދާނެތޯ އާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ސުދާން ނަމަކަށް ކިޔާ މި ރައިނޯ މަރުވީ މިދިޔަ އަންގާރަ ދުވަހު ކުއްލިގޮތަކަށް ބަލިވުމަށްފަހު ކަމަށް މި ރައިނޯ ދިރިއުޅޭ ޒޫ އިން ބުނެއެވެ.

ކެންޔާގެ އޯއެލް ޕެޓޭޖާ ކޮންސަވެންސީ ގައި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބިގެން މި ރައިނޯ ދިރިއުޅުނީ ސިފައިން ވަށައިގެން ހިމާޔަށް ލިބޭ ގޮތަށެވެ.

ސުދާން ނަމަކަށް ކިޔާ މި ރައިނޯ މަރުވެފައިވާ އިރު މީގެ 7 އަހަރު ކުން ވަނީ ކަޅު ނަސްލުގެ ރައިނޯތަށް މި ދުނިޔެއިން ނެތި ގޮސްފައެވެ.

ދުނިޔޭގެ ބާޒާރުގައި ރައިނޯގެ ދަޅު ކިލޯއެއްގެ އަގު 100،000 ޑޮލަރަށް އަރާކަމަށް ރިޕޯޓުތައް ބުނާއިރު ގިނަ ފަހު އިންސާނުން ދަނީ ރައިނޯގެ ވިޔަފާރި ކުރުމަށް އޭގެ ފުރާނަ ނަގާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    މިރާއްޖޭގައި ވެސް އެކަތި އެބައޮތް. މާލޭގައި.

  2. ދިހައެއް

    މިހެން ކިހިނެއް މިކަން ވާނީ.. މިވަގުތު އެބަ އޮތްތަ ރީނޯ އެއް..؟؟ މަރުވެއްޖެއްނު އޭތި..