އަސްކާރީ ބާރު ދައްކާލަން އިންޑިއާއިން ދިން މިސައިލް ހަމަލާއަކުން ގޮއްވާލި އެގައުމުގެ ސެޓެލައިޓެ ފުނޑުފުނޑުވެ އޭގެއިން އުފެދުނު ކުނިން ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ނުރައްކާ ވެފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

ދުނިޔޭގެ ފަށަލައިން 300 ކީލޯ މީޓަރު އުހުގައި ދައުރުވި މި ސެޓެލައިޓް އިންޑިއާ އިން ގޮއްވާލި އިރު ހަމަ މި އުސްމިނުގައި ބައެއް މުއާސަލާތީ ސެޓެލައިޓުވެސް ދިޔައީ ދައުރު ކުރަމުންނެވެ.

ނާސާއިން ބުނިގޮތުގައި އިންޑިއާ އިން ސެޓެލައިޓު ގޮއްވާލުމުން 400 އަށް ވުރެން ގިނަ އެތިކޮޅުގެ ކުނި އުފެދިފައިވާ ކަމަށެވެ.

ޖައްވުގައި މީގެ ކުރިން ވެސް ގިނަ އަދަދަކަށް ކުނިބުނި ހުރި އިރު ނާސާއިން ބުނާގޮތުގައި އިންޑިއާ އިން ގޮއްވާލި މި ސެޓެލައިޓާއެކު ބައިނަލްއަގުވާމީ ޖައްވީ އިދާރާގައި ގޮއްވި ސެޓެލައިޓުގެ ބައިތަށް ޖެހި އެ އިދާރާއަށް ގެއްލުން ވުމުގެ ފުރުސަތު 46 އިންސަތަ މިހާރު އިތުރުވެފައިވާ ކަމަށެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ލަފާ ކުރާ ގޮތުގައި ދުނިޔެ ވަށައިގެން ދައުރުވާ މި ފަދަ ބައި މިލިއަނެއްހާ ކުނިބުނި ވެއެވެ. މި ތަކެތި އާއްމު ގޮތެއްގައި ދަތުރު ކުރަނީ ސިކުންތަކު ހަތަރު މޭލު ބާރުމިނުގައެވެ.

މި ތަކެތިން ލިބޭ ގެއްލުންތަށް މަރާމާތުކުރަން އެ ސްޓޭޝަންގެ ފަޅުވެރިން ސްޕޭސް ވޯކް ކުރަން ޖެހެއެވެ.

އިންޓަނޭޝަލް ސްޕޭސް ސްޓޭޝަން އަކީ ދުނިޔޭގެ ބޭރުން 420 ކިލޯމީޓަރު ދުރުން އޯބިޓް ކުރަމުން އަންނަ ދުނިޔޭ ބާރުގަދަ ގައުމުތަކުން ހިއްސާވެގެން ގާއިމު ކޮއްފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙިސެންމެ

    ދުނިޔޭގެ ހުރިހާ ގައުމުތަކަށް އޮތް ވަބާއެއް ތި އިންޑިއާ އަކީ....???

    24
  2. ާބޮޑޭ

    އެއްޗެއް ހަދަން އިގޭ ބައެއްނޫންތީ ރޭޕްކުރުނޫން