އިނގެރޭސި ވިލާތުގައި ބަރަހަނާ ސައިޓްތަކަށް ވަދެވޭ މީހުން ކޮންޓްރޯލް ކުރުމަށް އެކުލަވާލި ޤާނޫނަށް މިއަންނަ ޖުލައި މަހުން ފެށިގެން ޢަމަލު ކުރަން ފަށާނެ ކަމަށް އެޤައުމުން ބުނެފިއެވެ.

ބަރަހަނާ ވީޑިއޯ އަދި ފޮޓޯ ހުންނަ ސައިޓްތަކަށް ވަންނަ މީހުން ކޮންޓްރޯލް ކުރަން އެޤައުމުން ނިންމާފައިވަނީ ކުޑަކުދިންނަށް މާ ފަސޭހަކަމާއެކު ބަރަހަނާ މަންޒަރުތައް ބެލޭނެ ގޮތެއް މިހާރު އަމަލު ކުރަމުންދާ އުސޫލުން ލިބޭތީއެވެ. މިގޮތުން މިހާރުވެސް، ބަރަހަނާ ސައިޓްތަކަށް އިނގެރޭސި ވިލާތުގައި ވަންނައިރު، އެމީހާއަކީ 18 އަހަރުވެފައިވާ މީހެއް ކަމަށް އޮންލައިންކޮށް އެއްބަސް ވާން ޖެހެއެވެ. ނަމަވެސް އަލަށް ހެދި ޤާނޫނާއެކު ބަރަހަނާ ސައިޓްތަކަށް ވަދެވޭނީ، 18 އަހަރު ވިކަން ޘާބިތުކޮށް ދިނުމަށްފަހުގައެވެ. އެއީ އެމީހެއްގެ އައިޑީ ކާޑް ނުވަތަ އެނޫންވެސް ސަރުކާރުގެ ލިޔުމެއް ހުށަހެޅުމަށްފަހުގައެވެ.

ބަރަހަނާ ސައިޓްތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ނުވަދެވޭ ގޮތަށް ބޭން ކުރަމުންދާއިރު، ރާއްޖޭގެ ގިނަ ބަޔަކުވެސް ބަރަހަނާ ސައިޓްތައް ބޭނުން ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ދިވެހިން އެންމެ ގިނައިން ވަންނަ 15 ސައިޓްގެ ތެރޭގައި ބަރަހަނާ ވީޑިއޯއަށް ޚާއްސަ ދެ ސައިޓް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ދިވެހި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ބޭން ކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލަައިލާސް ކަލީ

    އިނގިރޭސިންނާއި އިންޑިއާއިން ވެސް ބްލޮކް ކުރިޔަސް އިސްލާމީ ރާއްޖޭގައި ބްލޮކެއް ނުކުރާނެ. ހިއުމަން ރައިޓުސް ފުންމަފުންމައިގެން އަންނާނެ އަނެއްކާ އަންނިގެ އައުވާނުންވެސް ބޭނުމެއްނުވާނެ ބްލޮކްކުރާކަށް. ސިޓިންގްރޫމްގައިވެސް ޓީވީބަލާ އުސޫލުން ތި ބެލޭނެގޮތް އޭނާ ބޭނުންވާނީ ހަމަޖައްސަން.

    20
    7
  2. ސަމައިރާ

    ޢެކަމަކު މި ރާއްޖޭގަ ނުވަދެވޭނެ ގޮތެއް ނަހަދާނެ ހިތާމަހުރި

    18
    7
  3. ސަމައިރާ

    ޙިތާމައަކީ މިރާއްޖޭގަ ތިޔަފަދަ ސައިޓް ތައް ބަންދު ނުކުރާކަން

    25
    7
  4. ޢަހުމަދު

    ﷲ ނަހީކުރެއްވި ކަންކަން ކުރުމަށް ބިރުވެތިވޭ....

    20
    6
  5. ޢަޙްމަދް

    ބަލަ އޭރުން ޑިމޮކްރެސީ އަށް ގެއްލުން ވެދާނެ!
    އިންސާނި ޙައްޤުތަށް ކަށަވަރު ނުކުރެވި ދާނެ!
    ހަމަ ހަމަ ކަން ގެއްލި
    އިންސާފުގެ ދަތުރު ހުއްޓުމަކަށް އަތުވެދާނެ! އަދި
    އެޖެންޑަ ނަވާރަވެސް ފުނޑު ފުނޑު ވެދާނެ!

    13
    10
  6. ބޮކި

    ބަލަގަ މިދިޔަ ފަސްއަހަރު ތިބުނާ ބަރަހަނާ ސައިޓް ބަންދު ނުކުރީ ތިބުނާ ޑޮމޮކްރެސީ ނެތިގެންތޯ......

    11
    7
  7. މަޓީން

    އިނގިރޭސި ވިލާތުގައި ހެދިޔަސް ރާއްޖެއަކު ނެހެދޭނެ.

    9
    2
  8. ކޮރަލް

    ބަރަހަނާ ސައިޓް ތަކަށް ވަނުން މަނާ ކުރުމަށް ގޮވާލަން ބަޔަކު ނިކުންނަން ވީއެވެ. ސޯސަލް މީޑިޔާ އަދި ޖަމްއިއްޔާތަކުން ވެސް މަސައްކަތް ކުރަން ވީއެވެ.

    13
    4
  9. ބަބުރު

    އިނގިރޭސިން ދެން ހާދަ ހާލެއްގަ ދޯ އުޅޭނީ

    2
    1
  10. ހާބީ

    ހާބީން އެންމެ ގިނައިން ވަންނަ ސައިޓް. ކީއްކުރަން ހުއްޓުވަންވީ؟ ބަލަން ބޭނުން ނެތް މީހަކު ނުވަންނާނެއެއްނު؟

    3
    5
  11. ބަރްހަނާ ސައިޓް

    ބަލަ މަ ބުނެގެންތަ ކަލޭމެން މަ ބަލަނީ؟ ބްލޮކް ކުރިޔަސް ނުކުރިޔަސް ބަލާނެ ބަޔަކު މަ ބަލާނެ. ނުބަލާނެ ހިތްވަރު ހުރިބަޔަކު ނުބަލާނެ. ދެން ކުޑަކުދިން، މި މީހުންނަށް މި މީހުންގެ މައިންނާއި ބަފައިން ބަލާނަމަ އެމީހުންނަކަށް ނުވަދެވޭނެ. ވަރަށް ސަލާމް.

  12. Anonymous

    މިނިސްޓާރ މަލީޙް