ސްރީލަންކާއިން އަނެއްކާވެސް ގޮވާތަކެތި ފެނިއްޖެއެވެ.

ސްކައި ނިއުސް އިން ރިޕޯޓް ކުރާގޮތުގައި، އެސްޓީ އެންތޮނީ ކައިރިން ފެނުނު އުޅަނދެއްގައި ހަރުކޮށްފައި އޮތް ބޮންކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނިފައިވާކަމަށެވެ.

އަދި އެ ސަރަހަައްދު "ނުރައްކާތެރިކަމަށް" ފުލުހުން އަންގާފައިވާކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

"އަޅުގަނޑުމެންނަކަށް ނޭގެ ކިހިނެއްކަމެއް ވަނީ. ފުލުުހުން ވިދާޅުވީ، އެ ސަރަހައްދު ނުރައްކާތެރިކަމަށް". ސްކައި ރިޕޯޓަރެއް ބުންޏެވެ.

އަދި ބޮމް ސްކުއެޑް ގޮސް އެ ވެހިކަލްގައި އިން ބޮން ނައްތާލަން އުޅުމުގެ ތެރޭގައި އެ ބޮން ގޮވާފައިވާކަމަށް ސްކައި ނޫހުން ބުނެފައި ވެއެވެ. އަދި ގޮވާފައި ވަނީ ކުޑަ ބޮމެއް ކަމަށްވެސް ބުނެފައި ވެއެވެ.

https://twitter.com/AktharIfthikar/status/1120283781884071942

އަދި އެ ބޮން އޮތް ވެހިކަލްވެސް ހަލާކުކޮށްފައިވާކަމަށް ބުނެފައި ވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ލަންކާގައި އިއްޔެ އަށްތަނެއްގައި ވަނީ ބޮންގޮއްވާލާފައެވެ. އެ ހާދިސާތަކުގައި 290 މީހުން މަުރުވިއިރު، ޒަހަމްވި މީހުންގެ އަދަދު 500 އަށް އަރައެެވެ.

ކިޔުންތެރިންގެ ހިޔާލު