އަވައްޓެރި ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ މިހާރު 290 އަށް އަރާފައެވެ. ލަންކާ ސަރުކާރުން އަންނަނީ މި ހަމަލާގައި މަރުވި މީހުން ހޯދާ އެމީހުންގެ ހަށިތައް އާއިލާތަކާ ހަވާލު ކުރަމުން އެވެ.

ހަމަލާގައި މަރުވި އެކަކީ ސްރީލަންކާގެ ސްކައުޓް އެސޯސިއޭޝަންގެ ކެލެރިކަލް ސްޓާޕެކެވެ. އޭނާ މަރުވެފައިވަނީ ހޮޓެލް ޝަންގްރިއްލާގައި ހިނގި ގޮއްވާލުމުގައެވެ.

އެވަގުތު އޭނާ ހުރީ ޑިއުޓީގައެވެ. 30 އަހަރުގެ ޔަސަކެލަމް އަކީ ސެރޭ ކޮލްޖްގެ ސްކައުޓްގައި ފާހަގަ ކޮށްލެވޭ މީހެކެވެ. އޭނާއަކީ އެ ކޮލެޖްގެ 12ވަނަ ސޮކައުޓްގެ ރައީސްއެވެ. ޔަސަކެލަމް ހޯދާފައިވާ ކާމީޔާބީ ތަކަން ބަލާލާއިރު އޭނާ ވަނީ ސުރީލަންކާގެ އެންމެ މަތީ ސުކައުޓް އެވޯޑް ބަޓެއް ޕޯވެލް" ހާސިލް ކޮންފައެވެ. އޭނާގެ ކޮލެޖްގެ ސުކައުޓް އަށް ވޭތުވެ ދިޔަ އަހަރުގައި އެތަކެން ގޮތަކުން ފާހަގަ ކޮއްލެވޭ ހިދުމަތް ތަކެއް ކޮންދީފައިވާ އިރު، ކޮލަމްބޯގެ ސުކައުޓިން އިންޓަނޭސަނަލް ފެންވަރަށް ހެދުމަންޓަކާވެސް ޔަސަކެލަމް ވަނީ ގިނަ ހިދުމަތް ތަކެން ކޮންދީފައެވެ.

ޔަސަކެލަމް ކޮލަމްބޯ ސުކައުޓް އަށް ކޮއްދެއްވާފައިވާ ހިދުމަތްތައް ފާހަގަ ކޮއް ސުރީލަންކާ ސުކައުޓް އެސޯސިއޭސަން އިން ވަނީ އެމީހުންގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކޮއްފައެވެ. މި ޕޯސްޓްގައި ޔަސަކެލަމް މަރުވުމުން އެކަމާ ހިތާމަކުރާކަން ހާމަ ކޮންފައިވެއެވެ.

ސްރީލަންކާގެ ސްކައުޓްގެ އިސް ބޭފުޅުންވަނީ އޭނާގެ މޫނު ބެލުމަށް ގެއަށް ޒިޔާރަތް ކޮށްފައެވެ. އޭނާގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިއުން އޮތީ 24 އޭޕްރިލް ވާ ބުދަ ދުވަހުގައެވެ.

ލަންކާއަށް ދިން ނިރުބަވެރި ހަމަލާތައް ދިން މީހުން ދެނެގަނެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާތަނަށް ވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 24 މީހަކު ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު