(ޣައްޒާ، ފަލަސްތީން) ހާރުކާ ވަގުތު ޖެހުމުން ފަލަސްތީނުގެ ޣައްޒާގެ މަގުތައް ގުގުމާލަނީ އަދާޔާހިލާފު ބެރެއްގެ އަޑުންނެވެ. އެއީ އާންމުކޮށް މިޖަހައި އުޅޭ ބެރާއި މުޅިން ތަފާތު ބެރެކެވެ. ހާއްސަ މީހަކު އެ ބެރު ޖަހާއިރު ފަހަތުގައި އޭނާ އާ ބައިވެރިވާނެ މީހުން ތިބެއެވެ. މިއީ އާދަވެގެން ކޮންމެ ރަމަޟާން މަހަކު ފަލަސްތީނުގެ އެކިއެކި ހިސާބުތަކުގައި ހިނގާ ކަމެކެވެ. އެމީހުންގެ ސަގާފަތާއި ގުޅިފައިވާ ހާއްސަކަމެކެވެ.

ޣައްޒާގެ ރައްޔިތުންނަށް ހާރުކެއުމަށް ހޭލެއްވުމަށް އުޅޭ މިފަދަ ބެރު ގުރޫޕްތައް ބައިވަރެވެ. އެކި ހިސާބުތަކުގައި މިކަން ކުރަނީ ތަފާތު މީހުންނެވެ. އެމީހުން ހެދުން އަޅާފައި ހުންނަނީ ތަފާތު ގޮތަކަށެވެ. ކޮންމެ ގުރޫޕަކުންވެސް އެ ގުރޫޕަކަށް ހާއްސަ ހެދުމުގެ ވައްޓަފާޅިއެއް ކަނޑައަޅާފައި އޮވެއެވެ. ހެދުން އަޅާފައި ހުންނަ އިރު ބޮލުގައި ފޮށައެއް އައްސާފައި އޮވެއެވެ.

އެމީހުން މިކަން ކުރަން ފެށި ވަކި ތާރީހެއް އެނގޭކަށް ނެތެވެ.މިއީ ޒަމާނުންސުރެ ހިނގަމުން އަންނަ ކަމެކެވެ. ރަމަޟާން މަހަކީ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލް މީހުންގެ އަނިޔާ ވެރިކަން ޣައްޒާގެގެ ރައްޔިތުންނަށް އެންމެ ބޮޑުވާ ދުވަސްވަރު ނަމަވެސް ހާރުކާން ގޮވުމަށް ކުރިއަށް ގެންދާ މިހަރަކާތައް ބަދަލެއް ނާދެއެވެ.

"ވަގުތު" އިން ވަނީ އެމީހުންނާއި އިންޓަވިއުކޮށް އެމީހުންގެ ވާހަކަ އޮޅުން ފިލުވާފައެވެ. މި މަސައްކަތުގައި ގިނަ ދުވަސް ތަކެއް ވަންދެން އުޅެފައިވާ އަދި މިހާރުވެސް އުޅެމުންދާ އަލްމިޝަރާތީ ބުނީ އެއީ އެމީހުން ވަރަށް ކުރާ ހިތުން ކުރާ ކަމެއް ކަަމަށާއި އެކަމަކީ އެމީހުންނަށް ހިތްހަމަ ޖެހުން ގެނުވާ ކަމެއް ކަމަށެވެ.

"މިއީ ކޮންމެ ރަމަޟާން މަހަކުވެސް އޮންނަ ކަމެއް. ރައްޔިތުން އަރާމު ނިދިން ހޭލައްވައި ހާރުކާން ގޮވުމުގެ ޒިންމާ ނަގަނީ އަޅުގަނޑުމެން، މި އަޑަށް ރައްޔިތުން އިންތިޒާރު ކުރާނެ." އަލްމިޝަރާތީ ބުންޏެވެ.

ޣައްޒާ ރައްޔިތުންނަށް ހާރުކާން ގޮވުމުގައި ހަރަކާތްތެރިވާ ބައެއް – ވަގުތު އިމޭޖްސް: ވަފާ

އޭނާ ބުނީ އޭނާއާއެކު އެ ހަަރަކާތުގައި ބައިވެރިވާ މީހުންނަކީ އެއްވެސް ވަރަކަށް ފައިސާއަށް ނުވަތަ އުޖޫރައަށް އަންނަ ބައެއް ނޫން ކަމަށާއި އެއީ އެކަން ކުރުމުގެ ޝައުގުވެރިކަމުގައި އަންނަ ބައެއް ކަމަށެވެ. އަދި ކާބަފައިންގެ އެ ސަގާފީ ހަރަކާތް އަބަދުވެސް ދިރުވާ އާލާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ކުރިން މިކަން ކޮށް އުޅުނީ އަހަރުމެންގެ ކާބަފައިން. މިހާރު މިކަން މިކުރަނީ އަހަރަމެން ޒުވާނުން. މިކަން އަބަދުވެސް މިގޮތުގައި ދިރުވާއާލާ ކުރުމަކީ އަހަރަމެންގެ ބޭނުން" އޭނާ ބުންޏެވެ.

ހާރުކާން މީހުންނަށް ގޮވާ އުސޫލުން މި މީހުން ރޯދަވިއްލާ ގަޑިއަށްވެސް ބެރު ހިފައިގެން ނުކުމެ މީސްތަކުންނަށް ރޯދަވިއްލާ ގަޑި ހަނދާންކޮށްދެއެވެ. ސަގާފަތައް ޒަމާނުންސުރެ ވާރުތަ ވަމުން އަންނަ ގޮތް ބަދަލުވި ނަމަވެސް ޣައްޒާގެ ޒުވާނުން ރޯދަމަހު ހާރުކާ ވަގުތު އަދި ރޯދަ ވިއްލާ ވަގުތު އަންގައިދިނުމަށް ކުރަމުން ގެންދާ މަސައްކަތައް ބަދަލެއް ނާދެއެވެ. އެއީ ޒުވާނުންގެ ވިންދާ ގުޅިފައިވާ ހާއްސަ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އެމަންޖެ

  ވަގުތު މި ގަދަ ބައެއް...

  32
  2
 2. ވާނުވާ

  ޢައްޒާ އެކަންޔެއް ނޫން. އަރަބި ގައުމު ތަކުގައި ކުރާ ކަމެއް މީ. އަހަންނަށް ވެސް ތަޖުރިބާ ކުރެވިފައިވާ ކަމެއްތީ. ހާރުކާން ހޭނުލެވިގެން އުޅޭކަށް ނުޖެހޭ

  27
  1
 3. މިސްރުން

  މިކަމަކީ އަރަބިންގެ މެދުގައި ހިނގާ ސަގާފީކަމެއް. މިސްރުގަ ވެސް ކުރޭ. އެމީހުންނަށް ކިޔަނީ "މިޝްތަރީ". އަދި މިތަނުގެ ކޮންމެ ސަބާބެއްގަ ހާރުކާގަޑި ނުވަތަ ރޯދަ ވިއްލާގަޑީގަ ބެރުޖަހާ ކަލޭގެޔަކުއުޅޭ.

  12
  1
 4. ފުނަދޫ މީހާ

  އަރަބިން އެކައްޏެއްނޫން ދިވެހިރާއްޖޭގަވެސް އެސަގާފަތް އޮތް އެސަގާފަތް ނައްތާލީ މިހާރުމިއުޅޭ ޖާހިލުޒުވާނުން ކުރީގަމިރާއްޖޭގަ ގޮއްވާނީ ސަންގު އެކަމްކުރާގުރޫޕެއްއުޅެނެ ތީއާކަމެއްނޫން ކުދިންނޭ ރާއްޖޭގަވެސް އެކަންކުރިގޮތް

  12
  1
 5. ވަގުތު

  ތިހުންނަނީ ކޮލިޓީ ޚަބަރު ތަކަކީ. ކުރިޔަށް ހަލުވިކޮށް ވަގުތު

  10
  2
 6. ގުނބޯ

  އަރަބިން ކިނބިއްސެއް އެޅިއްޔާ އަހަރެމެން ޖެހޭތަ ހަކިނބިހި އަޅަން؟

  6
  13
 7. ބަކުރު

  މިހަބަރު ލިޔެފަެިއެވާ ވަފާ އަލްއުދައިނީ އަކީ އަންހެނެއްތަ؟

 8. ހަމަ ހަމަ

  މޫޅި މިދުނިޔޭގަވެސް ނެތް މިހާވަރު ކެރޭ އޮންލައިން ނޫސް ގުރޫޕެއް ގެންގުޅެ ބައެއް ނިސްބަތުން ބަރާބަރު ރައްޔިޔުތުން ތިކުރައްވާމަސައްކަތް ބަލާގަންނަން ޝުކުރިއްޔާ

  6
  1
 9. އަހުމަދު

  ވަގުތު ވަރަށް ބަރާބަރު ތީ 1 ވަނާގެ ބައެއް