ކުރިޔަށް މި ދާ ބަރަކާތްތެރި ރަމަޟާން މަހު ރޯދަ ނުހިފާ އުޅޭ މުސްލިމުން އަތުލައިގަތުމަށް މެލޭޝިއާގެ އަންޑަކަވާ އޮފިޝަލުންތަކެއް އެޤައުމުގެ ރެސްޓޯރެންޓުތަކުގައި ވެއިޓަރުންނާއި ޝެފުންގެ ގޮތުގައި މަސައްކަތްކުރަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ނޫސްތަކުގައި ބުނެފައިވަނީ، މުސްލިމުންގެ ބޮޑު މެޖޯރިޓީއެއް އޮންނަ މެލޭޝިއާގައި ރޯދަ ނުހިފާ ރެސްޓޯރެންޓުތަކުން ދުވާލު ކައިގެން އުޅޭ މުސްލިމުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެޤައުމުގެ މުސްލިމް ކައުންސިލެއްގެ އޮފިޝަލުންނެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ރޯދަމަހާއި ދިމާކޮށް މެލޭޝިއާގެ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ އަންޑަކަވާ އޮފިޝަލުންނަކީ ކައްކަން ދަންނަ މީހުން ކަމަށެވެ. އަދި ރެސްޓޯރެންޓުތަކުގައި އެމީހުން މަސައްކަތް ކުރާނީ ޝެފުންނާއި ވެއިޓަރުންގެ ގޮތުގައި ކަމަށާއި، މުސްލިމުން ކަމަށް ބެލެވޭ މީހުން ރެސްޓޯރެންޓުތަކަށް ގޮސް އޯޑަރު ކުރުމުން އެމީހުންނާއި މެދު ފިޔަވަޅު އަޅާ ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.

އާންމު ގޮތެއްގައި މެލޭޝިއާގެ ރެސްޓޯރެންޓުތަކުގައި ވެއިޓަރުންނާއި ޝެފުންގެ ގޮތުގައި މަސައްކަތް ކުރަނީ ޕާކިސްތާނާއި އިންޑޮނީޝިއާފަދަ ޤައުމުތަކުން އެޤައުމަށް ހިޖުރަކޮށްގެން އުޅޭ މީހުންނެވެ. ރޯދަ ނުހިފާ މީހުން އަތުލައިގަތުމަށް މަސައްކަތްކުރާ އޮފިޝަލުން ހަރަކާތްތެރިވަމުން ދަނީ އެ ޤައުމުތަކުގެ ބަސްބަހުން ކޮންމެވެސް ވަރަކަށް ވާހަކަދައްކަން އެނގޭގޮތަށް ޚާއްސަ ތަމްރީނުތަކެއް ލިބިގެން ކަމަށް ވެއެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުގައި ރޯދަ ނުހިފާ މުސްލިމުން ރެސްޓޯރެންޓުތަކުގައި ކާން ތިއްބައި ފޮޓޯ ނަގައި އޮފިޝަލުން އެ ފޮޓޯ ފޮނުވާނީ އެމީހުން މަސައްކަތްކުރާ ކައުންސިލަށެވެ. އެއަށްފަހު ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެފަރާތްތަކާއި މެދު ފިޔަވަޅު އަޅައެވެ.

މެލޭޝިއާގައި މުސްލިމުން ދީނާއި ޚިލާފު ކަންކަން ކުރުމަކީ ހަރުކަށި އަބަދު ކަނޑައެޅިފައިވާ ކުށެކެވެ. އެގޮތުން ރޯދަ މަހު ސަބަބަކާ ނުލާ ރޯދަ ނުހިފާ އުޅޭ މުސްލިމުން ހަމަހުގެ މުއްދަތަކަށް ޖަލަށްލުމާއި އެކު 300 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުންފަދަ އަބަދު ޤާނޫނުން ދެވެއެވެ. މުސްލިމުން އެޤައުމުގެ އާބާދީގެ 60 އިންސައްތަ ޙިއްސާކުރާ އިރު، 32 މިލިއަނެއްހާ މުސްލިމުން އެޤައުމުގައި ދިރިއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމީލުބެ

    އަތުވިޔަސް ތިޔަތަނުން އަތުވާނީ ދިވެއްސެއް.

    24
    3
  2. ހަނދާންވަނީ

    ރޯދަޔައްވެރެއް ހާމަކަންބޮޑު އަޅުކަމަކީ ނަމާދު، ނަމާދު ނުކުރާމީހުން އަތުލައިގަތުމަކީ ތިޔަށްވުރެއް ބަލައިގަންނަން ފަސޭހަ އަމަލަކަށްވާނެ!