ކުރިއަށް އޮތް އަހަރުތަކުގައި ނުވަތަ މުސްތަގުބަލުގައި ދުނިޔެއަށް އަލި އަދި ހަކަތަ ފޯރުކޮއްދޭ އިރުގައި ބާރުގަދަ ގޮވުންތަކެއް ގޮވާނެ ކަމުގެ އިންޒާރު އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ދީފިއެވެ.

ނާސާއިން ބުނާ ގޮތުގައި އިރުގައި ބާރުގަދަ ބޮވުންތަށް ގޮވުން ފަހަކަށް އައިސް ވަނީ އިތުރުވާން ފަށާފައެވެ. މީގެ ސަބަބުން ދުނިޔެއަށް ނުރައްކާވާފަދަ ސޯލާ ސްޓޯމްތަށް އުފެދެއެވެ. ނާސާއިން ބުނެފައިވާގޮތުގައި، ސޯލާ ސްޓޯމްތަކަކީ ޢާންމުކޮށް އިރުން އުފެދޭ ތޫފާންތަކެއް ކަމަށެވެ.

މީގެ ކުރިން ދުވަހަކުވެސް އެއްވެސް ޖައްވީ އުޅަނދަކުން އިރާއި ގާތް ނުވާ މިންވަރަށް އިރާއި ކައިރިވުމަށް ނާސާ އިން ވަނީ އުޅަނދެއް ފޮނުވާފައެވެ. މިއީ އިރުގެ ހަގީގަތްތަށް ދެނެގަތުމަށް ނާސާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ފޮނުވި އުޅަނދެކެވެ.

ނާސާއިން ބުނާގޮތުގައި މުސްތަގުބަލުގައި ގޮވާ މިފަދަ ބާރުގަދަ ގޮވުން ތަކުން ޖައްވައް ފޮނުވާލާ ބިޔަ އަލިފާނުގެ ތޫފާން ތަކުން ދުނިޔެ ރައްކާތެރި ނުވެއްޖެ ނަމަ މުޅި ދުނިޔޭގެ ދިރުން ނެތި ހިންގައިދާނެއެވެ.

މީގެ ކުރިން 1859 ވަނަ އަހަރު ދުނިޔެއަށް އަމާޒުވި މިފަދަ ތޫފާނެއްގައި ދުނިޔޭގެ މުއާސަލާތީ ހިދުމަތް ކެޑި ދުނިޔޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ވެސް ކެޑުނެވެ.

މުސްތަގުބަލުގައި ދިމާވެދާނެ ކާރިސާއަކުން ރައްކާތެރިވުމަށް ދިރާސާ ތަށް ހެދުމަށް ނާސާއިން އިރަށް ސޯލާ ޕާކާ ނަމަކަށް ކިޔާ އުޅަދެއް މިހާރު ވަނީ ފޮނުވާލާފައެވެ.

ނާސާގެ އުޅަނދު އިރާ 6.16 މިލިއަން ކިލޯ މީޓަރު (3.8 މިލިއަން މޭލް) އަށް ކައިރިވާނެ އެވެ. އިރާ ކައިރިވާ އިރު އިރުގެ ހޫނުން ސޯލާ ޕާކާ ރައްކާތެރި ކުރުމަށް ޝީލްޑެއް ވަނީ ލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދް

    ހެހޭ ބިރުދައްކަނީ!

    6
    1
  2. ހުސޭނުބޭ

    އާނ ދެން ނާސާއަކީ ވަރަށް މޮޅު ބައެއް! ސުވާލަކީ ތިވަރުގެ ގޮވުމެއްގެ އަސަރު ދުނިޔެއަށް ކޮށްފިއްޔާ ނާސާއިން ކޮށްދޭނީ ކޮން ކަމެއްހޭ! ބރ ދަރައިގެން ތިބޭނީތަ؟

    10
    4
  3. ހަސަން

    އެއްވެސް ކަމެއް ނުކޮށްދެވޭނެ ތިބޭން ޖެހޭނީ މޮޅުތިހާ ގޮއް ގޮތައް ވާހަކަ ހަދައިގެން ކިޔަން ނާސާ އަކީ އެއްވެސް ގުދުރަތީ ކަމަކުން ދުނިޔެ އައް އަންނަ އެްވެސް ކަމެއް ހައްލުކޮއްދޭނެ ބަޔެއް ނޫން ދުނިޔޭގެ ވެރިޔަކީ ﷲ ތައާލާ އެއިލާޙް ހުރިހާކަމެއް ބައްލަވާ ވޮޑިގެންވާނެ،
    ނަސާ ދާނީ ޗޮކުން

    23
    2
  4. ކުއް

    ކުރިއަށް އޮތް އަހަރުތަކުގައި ނުވަތަ މުސްތަގުބަލުގައި ދުނިޔެއަށް އަލި އަދި( ކަހަތަ ) ފޯރުކޮއްދޭ އިރުގައި ބާރުގަދަ ގޮވުންތަކެއް ގޮވާނެ ކަމުގެ އިންޒާރު އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ދީފިއެވެ.