އިންޑިއާއަށް ފަހުގެ ތާރީހެއްގައި ދިމާވި އެންމެ ދިގުދެމިގެންދާ ހޫނު މޫސުމުގައި އާދަޔާ ހިލާފަށް ހޫނުގަދަވެ މަރުވި މީހުންގެ އަދަދު 36 އަށް އަރައިފިއެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި ހަވާލާދީ ރިޕޯޓްތަށް ބުނާގޮތުގައި އިންޑިއާއަށް ހުއްޓުމެއް ނެތި ހޫނި ގަދަވެ ހަނަފަސްކަން ކުރިމަތިވަމުންދާތާ މިއަދަށް މިވީ 30 ދުވަހެވެ.

އެ އިދާރާއިން ބުނިގޮތުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް އެކަނިވެސް 48 ޑްގްރީ ސެލްސިއަސްއަށް ހޫނު މިން މި ފެށުނު ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާގައި ރިކޯޑް ކުރެވިފައިވާކަމަށެވެ.

އިންޑިއާއަަށް ހޫނު ގަނަވެ އެންމެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓްތަށް ބުނަނީ ރާގަސްތާަން އިންނެވެ.

އިންޑިއާގެ އިތުރު ބައެއް ސްޓޭޓްތަށްކަށް ހޫނު މިން ވަނީ 50 ޑްގްރީއަށް ވެސް ރިކޯޑް ކުރެވިފައެވެ. މީގެ އިތުރުން ބައެއް ސްޓޭޓް ތަކުގައި ބޯފެން ނުލިބުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ކުރިއަށް އޮތާގައި އިތުރުވާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ މުސޫމާއި ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ވެސް އިންޑިއާގެ ފިނި ހޫނުމުން މަތިވާނެ ކަމަށާއި ފިނި ހޫނު މިން އެންމެ މަތިވާނީ އިތުރުގެ ސްޓޭޓްތަަކަށް ކަމަށެވެ.

2016 ވަނަ އަހަރަކީ އިންޑިއާއަށް ތާރީހުގައި ވެސް އެންމެ ހޫނު ގަދަވި އެއް ފަހަރެއެވެ. އެ ފަހަރު އިންޑިއާގެ ރާޖަސްތާނުގައި ވަނީ 51 ޑިގްރީ ސެލްސިއަސް އަށްވުރެން މައްޗަށް ގޮސްފައެވެ. އެހެން ކަމުން މިއީ 2016 ވަނަ އަހަރަށް ފަހު އިންޑިއާގެ ފިނި ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އަދިވެސް ވާވަރު ކުޑަ !

    5
    7