މިރޭ އަވަހާރަވި މިސްރުގެ އިންތިހާބީ ރައީސް މުހައްމަދު މުރުސީއަކީ ޝަހީދެއްކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 67 އަހަރުގައި މުރުސީ އަވަހާރަވީ ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑު އެހުމެއް މިއަދު ކުރިއަށް ދަނިކޮށް ވެއްޓިވަޑައިގެންނެވިތާ އިރުކޮޅެއް ފަހުންނެވެ.

މުރުސީ އަވަހާރަވުމުން ހިތާމަ ފާޅު ކުރެއްްވި ފުރަތަމަ ލީޑަރަކީ އުރުދުޣާން އެވެ.

އުރުދޮގާން ވިދާޅުވީ "އަޅުގަނޑުމެންގެ އަޚް މުރުސީ އަށް ﷲ ހެޔޮ ރަހުމަތް ލައްވާށި. ޝަހީދު ވެގެން ދިޔަ އަޚްގެ ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާށި" އެވެ.

އުރުދުޣާން އަކީ މުުރުސީގެ ވެރިކަމުގައި އޭނާ އާއި ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ.

އުރުދޮގާންގެ ފަހުން ޤަތަރުގެ އަމީރު ޝައިހް ތަމީމް ބިން ޚަމަދު ބިން އަލް ޘާނީ ވެސް ވަނީ މިހާރު މުރުސީ އަވަހަރާވުމުގެ ހިތާމާގައި ބައިވެރިވެ ވަޑައިގެންފައެވެ. ޝައިހް ތަމީމް ވިދާޅުވީ މުރުސީ ކުއްލިއަކަށް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި މުރުސީގެ އާއިލާ އަށާއި މިސްރު ރައްޔިތުންނަށް ތައުޒިއާ ދަންނަވާ ކަމަށެވެ.

އދ.އިން ވެސް ވަނީ މުރުސީ އަވަހާރަވުމާއި ގުޅިގެން މުރުސީގެ އާއިލާއަށާއި ސަޕޯޓަރުންނަށް ތައުޒިއާ ކިޔާ ފައެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނީ މުރުސީ އަވަހާރަވުމަކީ ވަރަށް ހިތާމަވެރި ޚަބަރެއް ކަމަށާއި ނަމަވެސް މިއީ ލިބިދާނެ ކަމަށް ކުރިން ވެސް ހީކުރެވިފައިވާ ޚަބަރެއް ކަމަށެވެ. އެއީ މުރުސީ އަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް މިސްރު ސަރުކާރުން ތަކުރާރުކޮށް އިދިކޮޅު ހަދާފައިވާތީ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ވަނީ މުރުސީ ޖަލުގައި ބަންދުކޮށްފައި ހުރި އަނިޔާވެރި، ލާއިންސާނީ އުސޫލުތައް މިރޭ ވެސް ކުއްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޢަލީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    69
    3
  2. ާއ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    39
    1
  3. ތާރާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    41
    1
    • ރިކާޒު

      إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

      39
      1
  4. ޙަަކިމ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    34
    1
  5. ޙަމްދާން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    37
    1
  6. ޜަހުމަަަން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    34
    1
  7. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    26
    1
  8. އަޙްމަދް

    ޝަހީދެކޭ ބުނެފިނަމަ އޭގެ މާނައަކީ ނުވަތަ އެ ބުނެވެނީ އެމީހަކީ ކަނޑައެޅިގެން ސުވަރުގެ ވަންތަ ވެރިއެކެވެ!
    قرأن އާއި ނަބިއްޔާ صلى الله عليه وسلم ގެ
    ޞައްޙަ ބަސްފުޅުތަކުން އެއްވެސް ދަލީލެއް ނެތި
    ނަން ބުނެފައި އެވެނި މިވެނި މީހަކީ ސުވަރުގެވަންތަ ވެރިއެކޭ ބުނާނީ ފަހެ ކޮންގޮތަކުންތޯ؟
    ހައިރާންވެ އަންތަރީސް ނުވާނެތޯއެވެ!؟
    މިއަދުގެ މުސްލިމުންގެ ހާލަތު!!!!
    ދީނުގެ ޝަރުޢީ އިލްމުގެވަސްވެސް ދުވާފަ ނެތީތޯ!؟

    8
    46
    • ާެައަހްމަދޫ..

      ދެން ބުނަންވީތަ އެއީ ނަރަކަވެރިއެކޭ..؟؟ ކަލޯ ޝަހާދަތް ކިޔައިފިނަމަ އެއީ ކޮންމެވެސް ދުވަހަކުން ﷲ ސުވަރުގެ ދެއްވާނެ މީހެއްކަމަށް ބަލަންވާނީ. މާ ޝެެއިޚްނުވޭ..

      44
      2
    • އުޙްތީ

      ކަލެއަށް ހާދަ އިނގެއޭ

      3
      13
    • ހާބީ

      ސައުދު ރަސްގެފާނު ދީން ކިޔަވަދީފަ ދޯ! ބަލަގަ، ގަސްތުގަ މަރާލީ ކަން ކަލެޔައް ނުއެގޭތަ؟

    • މޮޔަ

      ކަލޭ މާ އެނގިގަނެގެން ވާހަކަ ތި ދައްކަނީ ކަލެއަކީ މާ މޮޅު ދަންނަބޭކަލަކީ ތަ؟

    • ދީނީ

      އިލްމުގެ ދަރިވަރުންނަށް އެނގޭނެ ތިބުނީ ހައްގުކަން. އެކަމަކު މިތާ ގިނަވާނީ ޖާހިލުން

  9. ބުރޯ

    މުރުސީ އަކީ ބާގީއެއް. ހުސްނީ މުބާރަކްގެ ވެރިކަން ވައްޓަލި ހަދިސާގެ އިސްމޭސްތިރިއެއް.ބަގާވާތަކުން ވެރިކަން ވައްޓަލުމަށްފަހު ވެރިކަން ހޯއްދެިޔަސް ކުލަބަދަލުނުވާނެކަމާ އެތައްބައެއްގެ ފުރާނަ ގެއްލިގެން ދިއުމުގެ ޒިންމާ މުރުސީ ނަންގަވަންޖެހޭނެ.

    5
    81
    • އެމްޑީޕީ

      ބަގާވާތް ކިޔަން ކަލެޔައް އިނގޭދޯ؟

  10. ކަލާ

    އިބޫމީ އިސްލާމީ ގައުމެއްގެ ވެރިއެއް ނޫންތަ؟
    ހިތާމަ ފާޅުކުރުމެއްވެސް ނެތީ

    44
    1
    • ދިވެހި ފޭރާން

      ކުޑަމިނުން އާއިލާ ޔައް ތައުޒިޔާ ކިޔަން ވެސް ބިރުގަންނާނެ!

    • ކުޑަބަޖަރާ

      އަދި މަޑުކޮށްލާ. ތަންކޮޅެއްފަހުން އެކަމާ އެބައުޅެން.

  11. މުސްލިމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    15
  12. ރައްޔިތުމީހާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  13. ކިއުންތެރިޔާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  14. ވައްސަލާމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
    މާތްﷲ އެމަނިކުފާން އާއިލާއަށް ކެތްތެރިކަން ދެއްވާ ފުރާނަފުޅައް ސުވަރުގޭގެ ނިއުމަތް މިންވަރުރައްވާށި. އާމީން