މިސްރުގެ ރައީސް މުހައްމަދު މުރުސީ އިއްޔެ އަވަހާރަވުމުގެ ކުރިން ކޯޓުގައި ހުރެ ދެއްކެވި ވާހަކަފުޅުގެ އިތުރު ބައެއް ތަފްސީލްތައް މީޑިއާއަށް ލިބިއްޖެއެވެ.

މިހާރު މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު ތެރެއަށް ވެއްޓިވަޑައިގެންނެވުމުގެ ކުރިން މުރުސީ 25 މިނެޓް ވަންދެން ވާހަކަފުޅު ދެއްކެވިއެވެ. އެވަގުތު ކޯޓުގައި ހުރި މީހަކާއި ހަވާލާދީ އަރަބި ބަހުން ނެރޭ އޮންލައިން ނޫހެއް ކަމަށްވާ "ގަޒްލާން" ގައި މުރުސީގެ ވާހަކަފުޅު ގެނެސްދީފައިވެއެވެ.

އޭނާ މައުލޫމާތު ދީފައިވާ ގޮތުގައި ވެއްޓިވަޑައިގެންނެވުމުގެ ކުރިން މުރުސީ ވަނީ އޭނާ ޖަލުގައި އަވަހާރަވެދާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މިވަނީ އެކަހެރި ކުރެވިފައި. ކޮންމެ ދުވަހަކު ޖަލުގައި އަޅުގަނޑަށް ދަނީ އަނިޔާ ކުރަމުން. ނަމަވެސް ކަލޭމެން ތިދަނީ ހަޤީޤަތާއި ކުރިމަތިލާން ފަސްޖެހެމުން. ކަލޭމެން ބޭނުން ވަނީ އަހަރެން މަރުވާން. އެއްވެސް ކަމަކަށް ނިމުން އަންނާނެ ވަގުތު ހަމައެކަނި ދެނެވޮޑިގެން ވަނީ މާތް ﷲ. ހުރިހާ ކަމެއްގެ ވެރިފަރާތަކީ މާތް ﷲ. ކޮންމެ ބޭއިންސާފަކަށް ﷲ އިންސާފު ހޯއްދަވައިދެއްވާނެ." މުރުސީ އަވަހާރަވުމުގެ އިރުކޮޅެއް ކުރިން ވިދާޅުވިއެވެ.

މުރުސީ އަވަހާރަވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ވަނީ އަނބިކަނބަލުންނާއި ދަރިން ދެކެ ވެސް ވަރަށް ލޯބިވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އަޅުގަނޑުގެ އަނބިމީހާ އާއި ދަރިންނަށް ދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑު އަޅުގަނޑުގެ އަނބިމީހާ އާއި ދަރިން ދެކެ ވަރަށް ލޯބިވެއޭ. ޖަލުގައި މިއަނިޔާ ތަހައްމަލް ކުރަމުންދާއިރު ކަލޭމެންގެ މަތިން ކޮންމެ ދުވަހަކު ހަނދާން ކުރާމޭ. ކޮންމެ ދުވަހެއް، ކޮންމެ ރެއެއް މިހޭދަކުރާ ކަލޭމެންގެ ހަނދާނުގައޭ. ފަހަރެއްގައި މިދުނިޔެ މަތީގައި އަހަރެންނަށް ކަލޭމެންނާއި ބައްދަލުނުވެދާނެ. ނަމަވެސް މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން ސުވަރުގެ އިން ބައްދަލުކުރާނަން." މުރުސީ ވިދާޅުވިއެވެ.

މުރުސީ ވިދާޅުވީ އޭނާ އަށް ޖަލުގައި ދެމުން ގެންދާ އަނިޔާތަކަށް ޤިޔާމަތް ދުވަހު އިންސާފު ލިބިގެންދާނެއެވެ.

މުރުސީ ވިދާޅުވީ އޭނާ ބިރުގަންނަނީ ހައްދަވާ ބޮޑުކުރެއްވި އިލާހް الله سبحان و تعالىٰ ދެކެ އެކަންޏެވެ. އެހެންކަމުން ޖަލުގައި ދޭ އަނިޔާއެއްގެ ސަބަބުން ފަހަތައް ޖެހިވަޑައިނުގަންނަވާނެ ކަމަށް މުރުސީ ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މައްސަލައަށް އިޝާރާތް ކުރައްވާ މުރުސީ ވިދާޅުވީ ހަމާސް ޖަމާޢަތާއި އޭނާ ގުޅުން ބާއްވަވާ ކަމަށް ބުނެ ދައުވާ ކުރާއިރު މިސްރު ސަރުކާރުން މިހާރު ވެސް ހަމާސް ޖަމާޢަތާއި ގުޅުން ބާއްވާ ތަފާތު މަޝްވަރާތައް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވައްސަލާމް

    ވިސްނާ ފިކުރުކުރާބަޔަކަށް އިބްރަތް ހާސިލުކޮށްދޭނެ ވަރަށް އިބްރަތްތެރި ފިލާވަޅެއް. މާތްﷲ ، އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން ދެއްވާ މަރްހޫމްމޫރްސީގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރިނިއުމަތް މިންވަރުކުރައްވާށި. ޢާމީން

    195
    3
  2. ސަމި

    اللهم اغفر لي وغفر لمرسي وارحمني وارحم لمرسي

    92
    3
  3. ވާނުވާ

    މަ ކޮސްވަނީ އިންސާނީ ހައްގުތަކޭ ކިޔާ ބަޔަކަށް މި އަނިޔާ ތައް ނުފެނުނީމާ! އީޔޫވެސް އޮތީ ނިދާފަތަ؟

    118
    1
  4. ފަތްމިނި

    މިގައުމުގެ ތިބި ވެރިންނަށްވެސް ލިބުނު ޢިބުރަތްތެރި ފިލާވަޅެއް. މިކަމާ ވިސްނާ ފިކުރު ކުރާނެކަމަށް އުއްމީދުކުރަން. މިއީ ދުނިޔެދުއް އިސްލާމީ ވަރުގަދަ ޝަޚުސެއް، މުރުސީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.

    119
    2
  5. ވިސްނަމާ

    ﷲގެ ހެޔޮ ތަނަވަސް ރަޙްމަތް ދެއްވާންދޭންވެ.ﷲއީ އަައްސާބައްލަވާވޮޑިގެންވާ އެއްކައުވަންތަ އޯގާވެރި އިލާހު. ޢެކަލާނގެ މެނުވީ އަޅުކަންވެވޭނޭ އެހެން އެއްވެސް ފަރާތެއް ނުވޭ..ދުނިޔޭގެ އަވާގައި ނުޖެހި ﷲގެ މަގުގައި ސާބިތުވެ ތިބުމެގެ ހެޔޮ ރަޙްމަތް އަޅަމެން އެންމެނަށް ދެއްވާންދޭންވެ. އާމީން. ޔާރައްބަލް ޢާލަމީން.

    121
    1
  6. ށ

    މާތްﷲ އޭނާއަށް ލިބެމުންދިޔަ އަނިޔާއިން ސަލާމަތްކުރެއްވީ.. މުރުސީއަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާންދޭވެ.

    30
  7. ރިފާ

    ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެކެވެ. 2000 ރައްޔިތުންގެ ފުރާނަ ބަޑިޖަހާ ދުއްވާލުމަށް ފަހު ހައްޔަރުކުރި އިންތިހާބީ ރައީސް ޖަލުގައިހުރެ ބޭސްފަރުވާ ނުލިބި އެންމެ ފަހުން މަރުއެވީ ކޯޓުގައެވެ. ނަމަވެސް ދުނިޔެ މިކަން ބަޣާވާ ތެއްގެ ގޮތުގަ ސިފަނުކުރެއެވެ. އަދި މި ރައީސް ސަލާމަތްކުރަން އާމާލް ކުލޫނީ އުޅޭތަނެއްވެސް ނުފެނުނެވެ. އަދި ކޮމަންވެލްތުވެސް ކަންބޮޑުވާ ތަނެއް ނުފެނުނެވެ. ންމަވެސް މި ކުޑަކުޑަ ދޫނި ފިނޮޅުގައި މީހަކުވެސް މަރުނުވެއެވެ. ހައްޔަރެއްވެސް ނުމެ ކުރޭމެއެވެ.އެކަމު މުޅި ދުނިޔެ ހީވީ ކެކޭހެނެވެ. ޔާﷲ ޝައިތާނުންގެ ކުރިމަތީގައި ކެތްތެރިކަން ދެއްވާންދޭވެ.

    24
  8. އަޙްމަދު

    ﷲ އިރާދަފުޅުން ސުވަރުގެ މިންވަރު ކުރައްވާށި. އާމީން

    34
  9. މަނާހު

    މުރުސީ ދެއްކެވި ސާބިތުކަމުން މުސްލިމުންގެ ތެރެއިން ދިރިތިބީން ޢިބުރަތް ލިބިގަންނަންޖެހެއެވެ. މާތްﷲ އެ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.