އެމެރިކާގެ ސިއްރުން ފޮރުވިފައިވާ "އޭރިއާ 51" އަށް ވަންނަން އެތައްހާސް ބަޔަކު ފޭސްބުކް އިވެންޓެގައި ބައިވެރިވެފައިވަނިކޮށް އެ ސަރަހައްދަށް ގަދަ ކަމުން ވަންނަން މައްސަކަތް ކޮށްފިނަމަ ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ސިފައިން ދީފިެވެ.

ރިޕޯޓް ތަށް ބުނާ ގޮތުން އޭރިއާ 51 އަށް ވަންނަން މިހާތަނަށް މިލިއަނެއްހާ މީހުން ވަނީ ފޭސްބުކް ގައި ރާވާ މި އިވެންޓުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ.

މި އިވެންޓް ބާއްވަން ރާވަމުން ދަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެމެރިކާގެ “އޭރިއާ 51” އަކީ އާންމުންނަށް ވަނުންް މަނާ އަދި އެތަނަކާ ބެހޭގޮތުން އެގައުމުގެ ސަރުކާރުން ދީފައިވާ މަދު މައުލޫމާތުން ގިނަ ބައެއްގެ މެދުގައި އެކި ކަހަލަ ވާހަކަތަކެއް އުފެދި ސިއްރިޔާތުން ފުރިފައިވާ ބޮޑު ސަރަހައްދެކެވެ.

އޭރިއާ 51 ސިއްރިއްޔާތުގައި އާންމުންނަށް ނުވަދެވޭ ސަރަހައްދެއްގެ ގޮތުގައި އޮތުމުގެ ސަބަބުން މިއަދާ ހަމައަށްވެސް އެކި މީހުންގެ ތެރޭގައި ތަފާތު ވާހަކަތަށް ދެކެވެއެވެ.

އޭރިއާ 51 ބެހޭގޮތުން އެކި ވާހަކަތައް ހުރި އިރު އެެންމެ ބޮޑަށް ފާހަގަކޮށްލެެވޭ އެއްވާހަކައީ 1947 ވަނަ އަހަރު ގޮތްނޭނގޭ އުދުހޭ އުޅަނދެއް ނުވަތަ ޔޫއެފްއޯއެއް ނިއު މެކްސިކޯގެ ރޮސްވެލް ސިޓީގެ ސަރަހައްދަކަށް ގޮވި ހާދިސާއެއްގައި މަރުވެފައި އޮއްވާ ފެނުނު ކަމަށްބުނާ ބައެއް އޭލިއަނުންނާއި އެއުޅަނދު އޭރިއާ 51 ގައި ފޮރުވައިގެން ބާއްވާފައިވާ ކަމަށްބުނެ ދެކެވޭ ވާހަކަތަކެވެ.