ރަޝިއާއިން ޗައިނާއަށް އެންމެ 8 މިނެޓުން ދެވޭ ކޭބަލް ކާރު ސިސްޓަމެއް އެޅުމުގެ މައްސަކަތް ޗައިނާ އާއި ރަޝިއާއިން ފަށައިފިއެވެ.

މި މަޝްރޫއު ކާމިޔާބު ކަމާއި އެކު ނިންމާލެއްވިއްޖެ ނަމަ ސަރަހައްދީ އިމެއް ހުރަސްކުރާ ފުރަތަމަ ކޭބަލް ކާރު ނިޒާމް އަށް މި ނިޒާމް ވާނެއެވެ.

ޗައިނާގެ ހީއައިހަ އާއި ރަޝިއާގެ ބްލަގޮވީޝްންސްކް އަވަށް މި ކޭބަލް ކާރުގަ އެންމެ އަށް މިނިޓު ތެރޭގައި ދެވޭނެއެވެ. މި ކޭބަލް ކާރު ދަތުރުކުރާނީ އެދެގައުމުގެ ސަރަހައްދީ އިން ވަކިކުރާ އަމޫރް ކޯރު މަތިންނެވެ.

އަންނަ އަހަރުގެ ތެރޭގައި މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިމަޝްރޫއު މެނޭޖުކުރާ ރަޝިއާގެ ސްޓްރެލްކާ ކޭބީއިން ވަނީ ބުނެފައެވެ.

މިކޭބަލް ކާރުތައް ފަރުމާކޮށްފައިވަނީ ޑަޗް އާކިޓެކްޓުންތަކެއް ކަމުގައިވާ ޔޫއެންސްޓޫޑިއޯއިންނެވެ.

ކޮންމެ 20 މިނިޓަކުން ކޭބަލް ކާރެއް ދަތުރުކުރާ މީގެ ކޮންމެ ކޭބަލް ކާރެއްގައި އެއްފަހަރާ 90 ފަސިންޖަރުން އުފުލޭނެެވެ. މިމަޝްރޫއަކީ ތިމާވެށްޓާ ރައްޓެހިކޮށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ޔޫއެންސްޓޫޑިއޯގެ ބާނީ އަދި މިމަޝްރޫއުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ބެން ވެން ބަރކްލް މައުލޫމާތު ދީފައިވެއެވެ.

ޔޫއެންސްޓޫޑިއޯއިން ވަނީ މީގެ ކުރިންވެސް ކޭބަލް ކާރުގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއި އެކު ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ލޮލް

  ޖާބިރުގެ ލަފަޔާއެކީ ތިކަންތަށް ކުރިއަށްގެންދެވޭނީ...

  20
 2. ބޮނބި

  އަދި ކާށިދޫން މާލެއަށް 1 މިނެޓުން ވެސް ދެވޭނެ... ލޮލް.???

  18
 3. ސާމިޔާ

  ޖާބިރުއަށްވުރެކުރިން ... ؟

  18
 4. ސައްލާ

  ޖާބިރު އައް ފެނިދާނެ..އަވަހައް ވަގުތު ކުދިން މި ފޮޓޯ ފޮރުވާ..

  10
 5. ާަާައަލް

  ޖާބިރަށް ވާނެ...

 6. ބޮޑު ހަސްންބެ

  ބަލާބަލަ ޖާބިރުގެ މާސްޓަރ ޕުލޭން ޗޯޕަޓް ކޮއްލީ އެޔޮއް. ޔަގީން މީ ދިޔާނާ ސައީދު ގެ ކަމަކައްވާނީ.