ޗައިނާގެ ވެރިރަށް ބެއިޖިންގގެ ރެސްޓޯރެންޓް ތަކުގައި އަރަބި ނިޝާންތައް ބެހެއްޓުން މަނާކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޭޖިންގެ އަރަބިން ލިޔެފައި ހުރި ނިޝާންތައް ފެންނަގޮތަށް ބެހެއްޓުން މަނާކޮށް، އެފަދަ ނިޝާންތައް ނަގަން މިހާރު ވަނީ އަންގާފައެވެ.

ބޭޖިންގެ ބައެއް ރެސްޓޯރެންޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަލްޖަޒީރާއަށް މައުލޫމާތުދީފައިވާ ގޮތުގައި ބެއިޖިންގައި "ހަލާލް" ކާބޯތަކެތި ވިއްކާ އެގާރަ ފިހާރައަކާއި ރެސްޓޯރަންޓެއްގެ ބޭރުގައި ހަރުކޮށްފައި ހުރި މިފަދަ ނިޝާންތައް ނައްތާލުމަށް ވަނީ އަންގާފައެވެ.

ބެއިޖިންގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ރެސްޓޯރަންޓް ތަކުގައި ހުރި ހަލާލް ލޯގޯއާއި ދީނާ ގުޅުންހުރި އެހެން މަންޒަރުތައް ވެސް ނަގަން އަންގާފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ޗައިނާގައި މުސްލިމުންނާ މެދު ތަފާތު ކުރާ ކަމަށް ބުނެފަ އެވެ.

އަދި ޗައިނާ ސަރުކާރުން އެ ގައުމުގެ އެއް މިލިއަން ވީގޫރު މުސްލިމުން ބަންދު މަރުކަޒުގައި ހިފަހައްޓައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު އދ. އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ސަމާލުކަމަށް ދާދި ފަހުން ވަނީ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖާހިލު

  މީހުންމަރާ ޖާހިލު ޓެރަރިސްޓުންގެ ބަހުރުވަ ދުނިޔޭގެ ގައުމުތަކުން ބަލައެއް ނުގަންނާނެ ދެން.

  5
  10
  • މުސްލިމެއް

   މިހާރުވެސް މީހުން މެރުމުގެ ރެކޯޑުސް އޮތީ ޢައިރު މުސްލިމުންގެ އަތުގަ..ތިޔޮއް އެމެރިކާއާއި ޔަހޫދިން އެކުވެގެން މަރާ މުސްލިމުންގެ އަދަދު ގުނާ އަދަދު ނުކުރެވޭ..

   8
   2
  • ހީރޯޝީމާ

   އިޒްރޭލާއި އެމެރިކާގެ ވާހަކަ ދެއްތޯ.

   8
   2
 2. ޒވނއ

  ކޮމެންޓް ކޮށްލާނެ މީހަކުވެސް ނުވި!
  އިންޑިއާނަމަ ހުރީހީ ފޯރި!

  12
  1
  • ޕޮއް

   މައްސަލަ އަކީ ޗައިނާއެއް ނޫން އަދި އިންޑިއާއެއްވެސް ނޫން. މައްސަލައަކީ އަހަރުމެން މުސްލިމުންގެ ތެރޭގައި އޮންނަންޖެހޭ އެއްބައިވަންތަކަން ނެތުން.

   7
   2