ހައްޔަރުކޮށްފައި ތިބި އިސްލާމިކް ސްޓޭޓްސް (އައިސިސް)ގެ ހަނގުރާމަވެރިން ޔޫރަޕަށް ދޫކޮށްލާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކި ވާހަކައިގައި ޓްރަމްޕް ބުނީ، ހައްޔަރުކޮށްފައިވާ 800 އަށްވުރެ ގިނަ ޔޫރަޕަށް ނިސްބަތްވާ ހަނގުރާމަވެރިން އެމެރިކާ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި، ސީރިޔާގައި އެބަތިބި ކަމަށެވެ. އަދި އެމީހުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލަން ޖެހިދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ސީރިޔާގެ އަސްކަރިއްޔާ އާއި އެމެރިކާ ސިފައިންނާއި ގުޅިގެން އެޤައުމުން ޔޫރަޕަށް ނިސްބަތްވާ 800 އަށްވުރެ ގިނަ ހަނގުރާމަވެރިން ހައްޔަރުކޮށް އަހަރެމެންގެ ބެލުމުގެ ދަށުގައި އެބަތިބި. އޭގެ އިތުރުން އެތައް ހާސް އަންހެނުންނާއި ކުޑަކުދިންވެސް އެބަތިބި. ޔޫރަޕުން އެ މީހުންނާއި ހަވާލު ނުވެއްޖެ ނަމަ، ޔޫރަޕަށް އެމީހުން ދޫކޮށްލަން ޖެހިދާނެ،" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް މިގޮތަށް ބުނެފައި މިވަނީ، ހައްޔަރުކޮށްފައި ތިބި ޔޫރަޕްގެ ހަނގުރާމަވެރިން އަނބުރާ ޤައުމުތަކަށް ގެންދިއުމަށް އެޤައުމުތަކަށް އެނގުމުންވެސް އެގޮތަށް ކަންތައް ކޮށްފައި ނުވާތީއެވެ. ހަނގުރާމަވެރިން އަނބުރާ ޤައުމުތަކަށް ގެންދިއުމުގެ މައްސަލައިގައި ޤައުމުތަކުގެ އެއްބާރުލުން ނުލިބޭކަމަށް ބުނެ ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިންވެސް ވަނީ އެކަމަށް ގޮވާލާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓްރަމްޕް ބުނެފައިވާގޮތުގައި، ޔޫރަޕްގެ ޤައުމުތަކުން ހަވާލުވާން ޖެހިފައިވާ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ހައްޔަރުކޮށްފައި ވާއިރު، އޭގެތެރޭގައި ފްރާންސް އާއި ޖާމަނީ އާއި އިނގިރޭސިވިލާތާއި އެނޫންވެސް ގިނަ ގައުމުތަކަށް ނިސްބަތްވާ ހަނގުރާމަވެރިން އެބަތިއްބެވެ.

ޓްރަމްޕް ވަނީ މީގެ ކުރިންވެސް ޔޫރަޕަށް އައިސިސްގެ ހަނގުރާމަވެރިން ފޮނުވާލަން ޖެހިދާނެ ކަމަށް ބުނެފައެވެ. އެހެންކަމުން އޭގެ ކުރިން އެފަރާތްތައް އަނބުރާ ޤައުމުތަކަށް ގެންގޮސް ދައުވާ އުފުލަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވެސް މީގެ ކުރިން ބުނެފައިވަނީ، ޤައުމުތަކުން އެޤައުމުތަކަށް ނިސްބަތްވާ ހަނގުރާމަވެރިން އަނބުރާ ނުގެންގޮސް ތިއްބައި ޖިހާދިސްޓުންގެ އައު ދަރިފަސްކޮޅެއް އުފެދެން ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަން

  އައިއެސްއައިއެސް އަކީ ޔޫރަޕްގެ ގައުމުތަކުން ފަންޑްކޮށްގެން އުފައްދައިފައިވާ ޖަމާއަތެއް. މުސްލިމް ޤައުމުތަކުގައި ދާއިމީ ފިތުނަވެރިކަމެއް އުފައްދަން ވެގެން

  19
  4
 2. ޔާ ﷲ

  މުސްލިމުންގެ އިމޭޖް ހަޑި ކޮއްލަން އިޒްރޭލުގެ މޮސާދު އާއި އެމެރިކާގެ ސީއައިއޭ އާއި ސައޫދީ ޝާހީ އާއިލާ އަދި އިންޑިއާގެ ރޯ ގުޅިގެން ހިންގާ މެގަ ޕްރޮޖެކްޓެއް.

  19
  3
 3. މުސްލިމް

  އދ އާއި އެމެރިކާގެ ނުފޫޒުގދަ ބާރު ކެނޑޭނެ، އެއުޅެނީ މިހާރުވެސް އެހެން ގައުމުތައް ބަސްނާހައިގެން މާރަގަނޅު ވާނެ އަމިއްލަ އެމެެެރިކާ ހަމައަކަށް އެޅުވިއްޔާ، ޓުރަމްޕުގެ ބަސް އަހާނީ ރަސްގެފާނުން އެކަނި. މިހާރު ދުނިޔޭގެ ހުރިހާ އިންސާނުން ދަށުލައި އަޅުވެތި ނުކުރެވޭނެ. ހަގީގަތް އޮތީ ހާމައަށް ފެންނަން... އަދި މުސްލިމުން ގަދަވާނެ އިންޝާﷲ

  13