ބާރުގަދަ ތޫފާނެއް ޖަޕާނަށް އެރުމާއި ގުޅިގެން ފަސް ލައްކައެއްހަަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ދަށައިފިއެވެ.

"ކުރޯސާ" ގެ ނަމުން ނަންދީފައިވާ މި ތޫފާން ޖަޕާނުގެ ހުޅަގަށް އެރުމުގެ ސަބަބުން މިހާތަނަށް 13 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ތޫފާނުގެ ސަބަބުން 720 ފްލައިޓް ކެންސަލްވެ ގިނަ ސިޓީ ތަކަކަށް ދަނީ ގެއްލުންވަމުންނެވެ. ތޫފާން "ކުރޯސާ" ޖަޕާނަށް އެރި އިރު ވައި ޖެހުނީ ގަޑިއަކު 180 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަދި ތޫފާނުގައި ދަނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހެމުންނެވެ. މިއާއެކު ބައެއް ސިޓީތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ.

ތޫފާނުގެ ސަބަބުން އެކި ހިސާބުތަކުގައި ކަރަންޓް ކެނޑިފައިވާއިރު ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭތީ ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެލާޓް ނެރެފައެވެ.ތޫފާން އެރި ހިސާބުތަކުގެ މުވާސަލާތީ ގުޅުން ވަނީ ކެނޑިފަ އެވެ.

ޖަޕާނުގެ ސަރަހައްދުތަކަށް އެންމެ ފަހުން ގިނަ ބަޔަކު މަރުވި ބާރުގަދަ ތޫފާނެއް އަރާފައިވަނީ 1998 ވަނަ އަހަރުއެވެ. އެ ތޫފާނާއި ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 10،000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.