އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކައިވެނި ހަފްލާ އެއްގައި ބޮމެއް ގޮއްވާލާ 63 މީހަކު މަރާލައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުން ކާބުލް ގައި ހުންނަ ''ދުބާއި ސިޓީ ވެޑިން'' ހޯލްގައި ދިން ބޮމުގެ ހަމަލާގައި 182 މީހުން ވަނީ ޒަހަމުވެފައެވެ.

މި ހަފްލާއަކީ ޝީޢީ މުސްލިމުން ބޭއްވި ކައިވެނި ހަފްލާއެކެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަސްރަތް ރަހީމީ ވިދާޅުވީ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައި ނުވާ ކަމަށާއި ހަމަލާގެ އިތުުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަފްޣާނިސްތާނުގެ އިތުރުން އެ ގައުމުގެ އަވަށްޓެރިން ކަމަށްވާ ޕާކިސްތާނުގެ ޝީޢީ މުސްލިމުންނަށް އަމާޒުކޮށް ހަތިޔާރު އެޅި ސުންނީ މުސްލިމް ޖަމާއަތްތައް ކަމަށްވާ ތާލިބާނުންނާއި އައިއެސް އިން ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.

ވަރުގަދަ ބބޮމުގެ ހަމަލާއެއް ކާބުލްގައި ދީފައިވާއިރު ސެޕްޓެމްބަރު މަހު އަފްޣާނިސްތާނުގައި ބާއްވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށް ވެސް ތާލިބާނުން ވަނީ ގޮވާލައިފައެވެ. އަދި އިންތިހާބާއި ގުޅޭ ގޮތުން ހިންގާ ހަރަކާތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ތާލިބާނުން ވަނީ ދީފައެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ޝީއީންގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 39 މީހުން މަރުވެފައިވާއިރު، މިދިޔަ އަހަރުގެ މެއި މަހު ދިން މިފަދަ ހަމަލާއެއްގައި 150 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިއްޔެ ކާބުލް އަށް ދިން ބޮމުގެ ނުރައްކާތެރި ހަމަލާއަކީ 2001 ވަނަ އަހަރު ތާލިބާނުން މިފަދަ ހަމަލާއެއް ދިން ފަހުން ހިނގި އެންމެ ނުރައްކާތެރި ބޮން ގޮއްވުމުގެ ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުސްލިމާ

  ހަތިޔާރު އެޅި ޚަވާރިޖުންގެ ޖަމާޢަތް ތަކޭ ކިޔާ. އަހަރެމެން ވެސް މީ ސުންނީން. މިގޮތަށް ބޮން ގޮއްވައިގެން މީހުން މެރުމަކީ ސުންނަތުގައި އައިސްފައިވާ ގޮތެއްނޫނެވެ.

  15
  6
 2. ނަބާ

  ޝީޢީން ގެ ނަމުގެ ފަހަތަށް “ މުސްލިމުން” ނުގެނެޭ ، ސަބަބަކީ އެބައިމީހުންނަކީ މުސްލިމުންނެއް ނޫން، އިސްލާމްދީނުގައި ނޯވޭ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަނިޔާވެރިވުމެއް، އިސްލާމް ދީން ގޮވާލަނީ ސުލްހަ މަަސަލަސްކަމަށް، ޝީޢީންނަކީ ނުބައި ވެގެންވާ ޙަވާރިޖުންގެ ބައެއް!!! މުސްލިމުންގެ ނަން ކިލަނބު ކުރަމުން ދުވާ ބައެއް!!??

  9
  4
  • މޮޔައެނޮނިމަސް

   އަދިވެސް އެމީހުން ގޯސްވީ؟؟؟؟؟؟

   1
   4
 3. ދޮންބެ

  ޝީޢީ މުސްލިމުންނެއް ނުތިބޭނެ. ޝީޢީ މުސްލިމުން ތިބެންޏާ "ހިންދީ މުސްލިމުން" "ބުއްދާ މުސްލިމުން" "ސެކިއުލާ މުސްލިމުން" މިހެންގޮސް ވަރަށް ގިނަވައްތަރުގެ މުސްލިމުން އުޅޭނެ. މުސްލިމަކަށް ވެވޭނީ އެންމެ ކުޑަމިނުން ޝަހާދަތުގެ ދެކަލިމަ ތެދުކޮށް އެޔަށް އީމާން ވުމުން. ޝީޢީންނަކީ ޝަހާދަތުގެ ފުރަތަމަބައި ގަބޫލުކޮށްފަ ޝަހާދަތުގެ ދެވަނަބަޔަށް އިންކާރުކުރާ ބައެއް.

  6
  1