ނިރުބަވެރި ހަމަލާއެއްގެ ނުރައްކަލަށް، އަވައްޓެރި އިންޑިއާގެ ބައެއް ހިސާބުތައް އެލާޓަށް ގެނެސްފިއެވެ. އެޤައުމުގެ ބައެއް ހިސާބުތަކުގައި ފުލުހުން ރެޑް އެލާޓް އިއުލާނުކޮށްފައި ވަނީ، ނިރުބަވެރިންތަކެއް އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ކަމުގެ މަޢުލޫމާތަށް، މިއަދުގެ ވަގުތެއްގައެވެ.
އިންޑިއާގެ ފުލުހުން ބުނެފައިވަނީ، އަވައްޓެރި ސްރީލަންކާ އިން އެޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް ނިރުބަވެރިންތަކެއް ކަނޑުމަގުން އަރާފައިވާ ކަމުގެ އިންޓެލިޖެންސް، ކަމާއި ބެހޭ އިދާރާތަކަށް ލިބިފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން ދަނީ އިންޑިއާގައި ވަރުގަދަ ނިރުބަވެރި ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. މި ސަބަބަށްޓަކައި ޗެންނާއީ އާއި ކެރެލާގެ އިތުރުން ޓެމިލްނާޑޫ ހިމެނޭހެން ޖުމްލަ 14 ޑިސްޓްރިކްޓެއްގައި ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
އިންޑިއާގެ ފުލުހުން ބުނެފައިވާގޮތުގައި އެޤައުމަށް ލަންކާ އިން އެތެރެވެފައި ވަނީ ލަކްޝަރު-އީ-ތައިބާ (އެލްއީޓީ)ގެ ނިރުބަވެރިންތަކެއް ކަމަށެވެ. އެމީހުން ވަނީ އިންޑިއާއަށް އެތެރެވުމަށްފަހު އެކި ސަރަޙައްދުތަކަށް ބަހާލައިގެން ދަތުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި ނިރުބަވެރިންގެ ތެރޭގައި ހިމެނެނީ ލަންކާގެ ފަސް މީހަކާއި ޕާކިސްތާނުގެ މީހެއް ކަމަށް ވެއެވެ. މި މީހުންނަކީ ނިރުބަވެރި ހަމަލާތައް ރާވަމުންދާ ކަމާއި، ބޭރުގެ ނިރުބަވެރި ބޮޑެތި ޖަމާޢަތްތަކާއި ގުޅުން އޮންނަ ބައެއް ކަމަށް ވަނީ ބެލެވިފައެވެ.
ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ އިންޑިއާއަށް ނިރުބަވެރިންތަކެއް އަރާފައިވާކަމުގެ މަޢުލޫމާތާއެކު އެޤައުމުގެ އެކި ހިސާބުތައް އެލާޓަށް ގެނެސްފައިވާއިރު، ބައެއް ސަރަޙައްދުތަކުގައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކެއްވެސް ފުލުހުންނާއި ކަމާއި ބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ ހިންގަމުންނެވެ. މީގެ އިތުރުން ނިރުބަވެރި ހަރަކާތެއްގެ މަޢުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ގުޅަންވީ ޚާއްސަ ހޮޓްލައިނެއްގެ ޚިދުމަތްވެސް އިންޑިއާގައި މިހާރު ވަނީ ފަށާފައެވެ.
އިންޑިއާއަށް ލަންކާއިން ނިރުބަވެރިން ދަތުރުކޮށްފައިވާ ކަމަށް އެޤައުމުން ބުނެފައިވާއިރު، ދާދި ފަހުން ލަންކާގައި ވަނީ ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ބިންގޮއްވާލައިގެން ދިން އެ ހަމަލާގައި 230 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އެ ހަމަލާގެ ޒިންމާ ނަގާފައި ވަނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާޢަތުންނެވެ. ހަމަލާ ދިނުމުގައި ލަންކާއިން މެދުވެރި ކުރުވާފައި ވަނީ، އެޤައުމުގައި އޮންނަ އައިސިސް އަށް ތާޢީދުކުރާ ނިރުބަވެރި ޖަމާޢަތެކެވެ.
ކަލޭމެން ހަރުބީ ކާފަރުން ކުޅޭ ގޭމެއްތީ. ތިހުރިހާ ކަމެއް އިނގޭއިރުވެސް ކީއްވެގެން ރަށަށް އެރުމުގެ ކުރިން ހިފާ ހައްޔަރު ނުކުރެވުނީ
އިންޑިޔާ އަށް ބަޔަކު އެރީމަ އެވީ ނިރުބަވެރިންނަށް ދޯ .... އިންޑިޔާ ސިފައިން ކަސްމީރައް އަރާ ކުށެއްނެތް މުސްލިމުން މަރަމުންދާ އިރު އެއީ ނިރުބަވެރިންއެއް ނޫންތަ؟
ތިޔަ އުޅެނީ މީހުން ކަޝްމީރުގެ ވާހަކަ ދައްކާތީ އެވާހަކަ އޮއްބާލަން ވެގެން... މަކަރުވެރި އިޔަހޫދި ބައެއް
ﷲ ޝުކުރު ދަންނަވަން
އިންޑިޔާ ،އަންނި އަދި އެމްޑީޕީ ޔަހޫދީން ބަލަން ތިބޭތި، މުޅި ހިންދޫ ކަރަ ކަލޭމެންގެ ނުބައި ކަމުން ސަލާމަތް ކޮށް ފަތަހަ ކުރާ ދުވަސް ގާތްވެއްޖެ
ޣަޒްވާ އޭ ހިންދް ނުހުއްޓުވޭނެ !
ދިވެހިބަހުން ތިޔަށްކިޔައި އުޅެނީ 'ދެބޯގެރި ދުއްވުން' މާނައި ހިނގަމުން އަންނަ ކަންތައްތަކެއްގެ ވާހަކަ އެހެން ކަމެއްގެ ވާހަކައަކުން އޮއްބާލުން. ކަޝްމީރުގައި އިންޑިއާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަމުގެ ވާހަކައިގެ މައްޗަށް އެހެން ވާހަކައެއް މަޝްހޫރު ކުރުވުން. ކަޝްމީރުގައި ހިންގާ ޖަރީމާތައް ފޮރުވުމަށް އެތަނުގެ މުއާސަލާތީ ޚިދުމަތް ކަނޑާލާފައިވީނަމަވެސް އެތަނުގައި ހިންގާ ޖަރީމާތަކުގެ ޚަބަރު ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް އާރ.އޭ.ޑަބްލިޔު އިން ހިންގާ އަދި ސިޔާސީ ކުލަޖެހިގައިވާ ޢަމަލެއް މިއީ. ދިވެއްސެއްގެ ނަން އައިސްފައި ނުވަނީ ގޮނޑިކޮށްކޮ އެއްގެ ގޮތުގައި ރާއްޖެ އިންޑިއާއަށް ދީލާލާފައިވާތީ. ވެރިކަމުގައި ޔާމީނު ހުރިނަމަ ތިޔަ ލިސްޓުގެ ބޮޑު އަޣްލަބިއްޔަތު ލިބިފައި އޮންނާނީ ދިވެހިންނަށް ކަން ޔަގީން. والله أعلم
ލަންކާށްއަށް އެރި އެއްޗަކީ ހިންދުސްތާނު އިންޓެލިޖެންޓުންނަކީ މާމޮޅު ބައެއްކަމަށް ދުނިޔއަށް ދެއްކުމަށް ކެއްކި ގެޚިޔާލީ ފޮލާއެއް ކަމަށްބުނެ ލަންކާއިން ކުއްލިޙާލަތު އުވާލާފި.
އިންޑިޔާގެ ނުބައިވެގެންވާ އަނިޔާވެރި ބުޑިސްޓުންްނާއި އެމީހުންނަށް ތާއީދު ކުރާ އެންމެން ހަލާކު ކުރައްވައި ނެތިކުރައްވާންދޭވެ.
އާމީން...
ހީކުރަނީ މުސްލިމުންނައް އަނިޔާވެރި ވެފައި ހަމަޖެހިލައިގެން ތިބެވޭނެކަމައް. އިދި މިތިބައުޅޭ އިރްޖާއީ މުނާފިޤުން ތައްވެސް ހީވާނީ ޖިންނި މޮޔަވެގެން ތެޅޭ ބައެއްހެން އެވެރިންގެ ދިފާއުގައި.